އޯ ލެވެލް އިމްތިހާނުގެ ނަތީޖާ ދޫކުރަން ފަށައިފި
އޯ ލެވެލް އިމްތިހާނުގެ ނަތީޖާ ދޫކުރަން ފަށައިފި

މިިދިޔަ އަހަރުގެ އޮކްޓޯބަރުު/ނޮވެމްބަރު މަހު ބޭއްވި އޯލެވެލް އިމްތިހާނުގެ ނަތީޖާ ދޫކުރަން އިއްޔެ ފަށައިފި އެވެ.

ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ) އިން ކުރި އިއުލާނުގައި ބުނީ ރަސްމީ ބަންދު ދުވަސްތައް ފިޔަވައި އެ ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން ފެށިގެން މެންދުރު 1:30 ވަންދެން ނަތީޖާ ދޫކުރާނެ ކަމަށެވެ.

އަމިއްލަ ގޮތުން އިމްތިހާނުގައި ބައިވެރިވި ކެންޑިޑޭޓުންގެ ނަތީޖާ ދޫކުރާނީ އައިޑީކާޑު ގެންދިއުމުންނެވެ. ބަދަލުގައި މީހަކު ފޮނުވާ ނަމަ، ދަރިވަރުގެ އައިޑީކާޑާ ހަވާލުވާ މީހާގެ އައިޑީކާޑު ގެންދަންޖެހެ އެވެ.

ނަތީޖާގައި އެއްވެސް މައްސަލައެއް އުޅޭ ނަމަ އަންނަ މަހުގެ ހަތް ދުވަހުގެ ކުރިން އެކަން ޑީޕީއީ އަށް އަންގަންޖެހެ އެވެ. އަދި ނަތީޖާ ރީޗެކްކުރަން ބޭނުންވާ ދަރިވަރުންގެ ފޯމު އަންނަ މަހުގެ 11 ވަނަ ދުވަހުގެ ކުރިން ހުށަހަޅަންޖެހެ އެވެ. ސެންޓަރެއް މެދުވެރިކޮށް އިމްތިހާނުގައި ބައިވެރިވި ދަރިވަރުން ރީޗެކްކުރަން ހުށަހަޅާނީ އިމްތިހާނުގައި ބައިވެރިވި ސެންޓަރަކަށެވެ.

މިިދިޔަ އަހަރު 5000 އަށްވުރެ ގިނަ ދަރިވަރުން އޯ ލެވެލް އިމްތިހާނުގައި ވަނީ ބައިވެރިވެފަ އެވެ.