ދިރާގު އެޕަށް ކުރިމަތިވި މައްސަލަ ހައްލުކޮށްފި
ދިރާގު އެޕަށް ކުރިމަތިވި މައްސަލަ ހައްލުކޮށްފި

ދިރާގުގެ ބައެއް ޚިދުމަތްތަކަށް ކުރިމަތިވި ޓެކްނިކަލް މައްސަލަ އެ ކުންފުނިން މިއަދު ހައްލުކޮށްފި އެވެ.

ދިރާގުން ބުނީ، މިދިޔަ ބުދަ ދުވަހުން ފެށިގެން ޚިދުމަތް މެދުކެނޑިފައި ވަނީ ދިރާގުގެ މޮބައިލް އެޕާއި މައި އެކައުންޓުގެ ކަމަށެވެ. އަދި ދިރާގުގެ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ޑޭޓާ ޕެކް ނުނެގުމުގެ މައްސަލަތަކެއް ކުރިމަތިވި ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

ނަމަވެސް، ދިރާގުން ބުނީ ކުރިއެކޭ އެއްގޮތަށް މިހާރު އެ ޚިދުމަތްތައް ލިބެމުން އަންނަ ކަމަށެވެ. އަދި ކަސްޓަމަރުން ދިން އެއްބާރުލުމަށް ދިރާގުން ވަނީ ޝުކުރު އަދާކޮށްފަ އެވެ.

ދިރާގަކީ ރާއްޖޭގެ އެންމެ ދުވަސްވީ މުވާސަލާތީ ކުންފުންޏެވެ.