ކޮފީ ލިބުން ދަތިވުމުގެ ބިރު އެބަ އޮތް
ކޮފީ ލިބުން ދަތިވުމުގެ ބިރު އެބަ އޮތް

ކޮފީ އަށް ދެވި ހިފާފައިވާ މީހުންނަށް ހިތާމަވެރި ޚަބަރެކެވެ. މޫސުމީ ބަދަލުތަކުގެ ސަބަބުން، ކޮފީ ގަހުގެ އާބާދީގެ 60 ޕަސެންޓަށް ނުރައްކަލާ ކުރިމަތިވެފައިވާ ކަމަށާއި ބޭނުންވާ ވަރަށް ކޮފީ ނުލިބިދާނެ ކަމަށް ސައިންސް އެޑްވާންސް ޖާނަލްގައި ޝާއިއުކޮށްފައިވާ ދިރާސާއެއްގައި ބުނެފި އެވެ.

ކޮފީ ލިބުން ދަތިވުމުގެ ބިރު އެބަ އޮތް
ކޮފީ ލިބުން ދަތިވުމުގެ ބިރު އެބަ އޮތް

އެ ގޮތުން މޫސުމަށް އަންނަ ބަދަލުތަކާއި ޖަންގަލިތައް ކޮށައި ހުސްކުރުމާއި ހަނަފަސްކަން ބޮޑުވުން ފަދަ މައްސަލަތަކީ ކޮފީ ގަހުގެ އާބާދީ އަށް އޮތް ބޮޑު ބިރެއް ކަމަށް އިނގިރޭސިވިލާތުގެ ކީއު ރޯޔަލް ބޮޓޭނިކް ގާޑެންސްގެ ދިރާސާ ޓީމަކުން ބުންޏެވެ.

ކޮފީ ލިބުން ދަތިވުމުގެ ބިރު އެބަ އޮތް
ކޮފީ ލިބުން ދަތިވުމުގެ ބިރު އެބަ އޮތް

އެތަނުގެ ސީނިއާ ރިސާޗަރު އާރޮން ޕީ. ޑޭވިސް ވިދާޅުވި ގޮތުގައި ކޮފީގެ ގަހުގެ އާބާދީ އިތުރުކުރުމަށް މިހާރުން މިހާރަށް ގިނަ މަސައްކަތްތަކެއް ވަނީ ކުރަން ޖެހިފަ އެވެ. އެގޮތުން ގަސް އިންދާ މިންވަރު އިތުރުކޮށް ކޮފީގެ ގަހުގެ ވެށި ބޮޑުކުރުން ވަރަށް މުހިންމު ކަމަށް ވިދާޅުވި އެވެ.

އާރޮން ވިދާޅުވި ގޮތުގައި ކޮފީ އެންމެ ގިނައިން ހައްދާ ގައުމުތަކަށް އޮތް ނުރައްކަލީ ގަސް ކަނޑައި، ހަނަފަސްވުމެވެ. އެހެންވެ އެކަމާ ދެކޮޅަށް ދުނިޔޭގެ ފެންވަރުގައި ބޮޑެތި މަސައްކަތްތަކެއް ކުރަން ޖެހިފައިވާކަން ފާހަގަކުރެއްވި އެވެ.

"ކޮފީ ގަހަކީ އެއަށް ހާއްސަ މާހައުލުތަކުގައި ނޫނީ ހެއްދުން އުނދަގޫ ގަހެއް. އެހެންވީމާ މިސާލަކަށް ފިނިހޫނުމިން މަތިވުމާއި ވާރޭ ވެހުން މަދުވުން ފަދަ މައްސަލަތަކުގެ ސަބަބުން، ކޮފީ ހެއްދުން ބޮޑު ޗެލެންޖަކަށްވެފައި ވަނީ،" އާރޮން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އިންސާނުންގެ އަމަލުތަކާ ހެދި ވެސް ވެއްޓަށް ކުރިމަތިވާ ނޭދެވޭ އަސަރުތައް ބޮޑެވެ.

"އެހެންވެ މިހާރުގެ ހާލަތަށް ރިއާޔަތް ކުރާ އިރު ކުރިއަށް އޮތް 10-20 އަހަރުގެ ތެރޭގައި ކޮފީގެ ބައެއް ބާވަތްތައް ދުނިޔެ އިން އެއްކޮށް ހުސްވުމުގެ ބިރު ބޮޑު." އާރޮން ވިދާޅުވި އެވެ. "ވަކިން ހާއްސަކޮށް މޫސުމަށް އަންނަ ބަދަލުތަކުން ކުރިމަތިވާ މައްސަލަތަކު ސަބަބުން."

ކޮފީގެ 124 ބާވަތުގެ ތެރެއިން 75 ބާވަތަކީ މިހާރު ވެސް ހުސްވެދާނެ ކަމުގެ ބިރު އޮތް ބާވަތްތަކެވެ. އަދި މީގެ ތެރެއިން 35 ބާވަތުގެ ކޮފީއަކީ ރައްކާތެރިކަން ކަށަވަރު ނުވާ ސަރަހައްދުތުގައި އުފައްދާ ކޮފީ އެވެ.

ކޮފީ އެންމެ ގިނައިން ހައްދާ 10 ގައުމުގެ ތެރޭގައި ހިމެނެނީ ބްރެޒިލް، ވިއެޓްނާމް، ކޮލަމްބިއާ، އިންޑޮނީޝިއާ، އިންޑިއާ، އިތިއޯޕިއާ، މެކްސިކޯ، ޕެރޫ، ހޮންޑިއުރަސް އަދި ގުއަޓަމާލާ އެވެ.