ގޭގެ ސިޓިން ރޫމުން ފެށި ވިޔަފާރި ދުނިޔޭގެ ބްރޭންޑަކަށް!
ގޭގެ ސިޓިން ރޫމުން ފެށި ވިޔަފާރި ދުނިޔޭގެ ބްރޭންޑަކަށް!

"އަޕްނިއާ" މި ބަސް އާންމު ގޮތެއްގައި އެނގޭނީ ފްރީ ޑައިވްކުރާ މީހުންނަށެވެ. އޭގެ މާނަ އަކީ ނޭވާ ހިފެހެއްޓުމެވެ. ފްރީ ޑައިވަރުން ކުރާ ކަމަކީ ނޭވާލާން ބޭނުންކުރާ އެއްވެސް އާލާތަކާ ނުލައި، މޫދު އަޑިއަށް ދިއުމެވެ. ދެން އޮތީ އަޕްނިއާ މޯލްޑިވްސް އެވެ. މިއީ ކޮން ބައެއްކަން ވެސް އެނގެނީ، އާންމު ގޮތެއްގައި، ފްރީ ޑައިވަރުންނަށާއި މަސްވެރިންނަށެވެ. އޭގެ ތެރޭގައި މުނިފޫހިފިލުވަން މަސްވެރިކަން ކުރާ މީހުން ވެސް ހިމެނޭނެ އެވެ.

ގޭގެ ސިޓިން ރޫމުން ފެށި ވިޔަފާރި ދުނިޔޭގެ ބްރޭންޑަކަށް!
ގޭގެ ސިޓިން ރޫމުން ފެށި ވިޔަފާރި ދުނިޔޭގެ ބްރޭންޑަކަށް!

އަޕްނިއާ މޯލްޑިވްސް އަކީ ދިވެހި ބްރޭންޑެކެވެ. އެކަމަކު އެ ނަން މިހާރު ދުނިޔޭގެ އެހެން ހިސާބުތަކުގެ މީހުންގެ މެދުގައި ވެސް މަޝްހޫރެވެ. މިއީ މޫދުގައި ބޭނުންކުރާ އާލާތްތަކަށް ހާއްސަ ރާއްޖޭގެ "އޮތެންޓިކް" ހަމައެކަނި ބްރޭންޑެވެ. މި ބްރޭންޑް އުފެދިގެން އައި ގޮތުން ފެށިގެން މިހާ ހިސާބަށް ވެސް އަޕްނިއާ މޯލްޑިވްސް އަކީ ހާއްސަ ބައެކެވެ.

ގޭގެ ސިޓިން ރޫމުން ފެށި ވިޔަފާރި ދުނިޔޭގެ ބްރޭންޑަކަށް!
ގޭގެ ސިޓިން ރޫމުން ފެށި ވިޔަފާރި ދުނިޔޭގެ ބްރޭންޑަކަށް!

އަޕްނިއާ މޯލްޑިވްސް އުފެއްދީ ފްރީ ޑައިވު ކުރުމަށް ޝައުގުވެރިވާ ފަސް ވަރަކަށް މީހުންގެ ގްރޫޕަކުންނެވެ. އެމީހުންގެ ބޭނުމަކަށް ވީ ފެންވަރު ރަނގަޅު ފްރީ ޑައިވިން ގިއާ ލިބެން ނެތުމުން އެކަމަށް ހައްލެއް ހޯދުމެވެ. ފޭސްބުކް މެދުވެރިކޮށް އޮންލައިންކޮށް ހަތަރު ފިންސާ އެކު އަޕްނިއާ ފެށީ ގެއެއްގެ ސިޓިން ރޫމުންނެވެ.

ގޭގެ ސިޓިން ރޫމުން ފެށި ވިޔަފާރި ދުނިޔޭގެ ބްރޭންޑަކަށް!
ގޭގެ ސިޓިން ރޫމުން ފެށި ވިޔަފާރި ދުނިޔޭގެ ބްރޭންޑަކަށް!

އެގޮތަށް ތަކެތި ވިއްކަމުން ގޮސް ޑިމާންޑު ބޮޑުގެން ދިއުމާ އެކު ދެން ބަދަލުކުރީ ގާތް ރައްޓެއްސެއްގެ ފިހާރައަކަށެވެ. އެ ފިހާރައިގެ ކޯނަރެއްގައި ބަހައްޓައިގެން ތަކެތި ވިއްކުމަށް ފަހު އަމިއްލަ ފިހާރައެއް ހުޅުވާ ހިސާބަށް ދިޔައީ 2015 ވަނަ އަހަރު އެވެ. ކުޑަ މުއްދަތެއްގެ ތެރޭގައި ޕްރީ ޑައިވު ކުރުމުގައި ދުނިޔޭގެ މަޝްހޫރު ބްރޭންޑްތަކުގެ އޮތޮރައިޒްޑް ޑީލަރަކަށް އަޕްނިއާ މޯލްޑިވްސް ވި އެވެ. އެ ފިހާރައިން މިހާރު ފްރީ ޑައިވްކުރުމާއި މަސްވެރިކަމާ ބެހޭ 25 ވަރަކަށް ބްރޭންޑްގެ ސާމާނު ލިބެން ހުރެ އެވެ.

ގޭގެ ސިޓިން ރޫމުން ފެށި ވިޔަފާރި ދުނިޔޭގެ ބްރޭންޑަކަށް!
ގޭގެ ސިޓިން ރޫމުން ފެށި ވިޔަފާރި ދުނިޔޭގެ ބްރޭންޑަކަށް!

އެކުންފުނިން ދެން އަމާޒުހިފީ އަމިއްލަ އުފެއްދުންތަކެއް ތައާރަފް ކުރުމަށެވެ. އެގޮތުން އަޕްނިއާ މޯލްޑިވްސްގެ ލޯގޯއާ އެކު ތަކެތި ވިއްކަން ފެށީ 2017 ގައެވެ.

ގޭގެ ސިޓިން ރޫމުން ފެށި ވިޔަފާރި ދުނިޔޭގެ ބްރޭންޑަކަށް!
ގޭގެ ސިޓިން ރޫމުން ފެށި ވިޔަފާރި ދުނިޔޭގެ ބްރޭންޑަކަށް!

އަޕްނިއާ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ އިބްރާހިމް (އަބޯ) ވިދާޅުވީ އަޕްނިއާގެ އަމިއްލަ އުފެއްދުންތައް ތައާރަފު ކުރުމަށް ހިޔާލު ލިބުނީ، ދުނިޔޭގެ މަޝްހޫރު ބްރޭންޑްތަކެއް އެފިހާރައިން ވިއްކި އިރު އެއަށް ވުރެ ރަނގަޅަށް ރާއްޖޭގެ ފްރީ ޑައިވަރުންގެ ބޭނުންތަކަށް ބަލައިގެން ނެރެވޭނެ ކަމަށް ގަބޫލުކުރެއްވުމުންނެވެ.

މި ޕްރޮޑަކްޓްތައް ވުޖޫދަށް ގެނައުމުގައި ރާއްޖޭގެ ތަޖުރިބާކާރު ފްރީ ޑައިވަރުންގެ ހިޔާލު ހޯދާ، އަދި އެކަމުގައި އުޅޭ ޒުވާނުންގެ ހިޔާލު ވެސް ބޭނުންކުރި ކަމަށް އޭނާ ވިދާޅުވި އެވެ. އެ ކުންފުނި މިހާރު އޮތް ހިސާބަށް އާދެވުނީ، އަބޯ ވިދާޅުވި ގޮތުގައި، ގިނަ ބައެއް އެހީތެރިކަން ލިބިގެންނެވެ.

"އަސްލުގަ ބްރޭންޑެއް ހެދުމަކީ ވަރަށް އުނދަގޫ ކަމެއް. ވަރަށް ޓްރެވެލްކޮށް އެހެން ގައުމުތަކުގައި މިކަން ކުރާ ގޮތް ވެސް ބެލިން. އެންމެ ފުރަތަމަ އަހަރެމެން މާކެޓަށް ނެރުނީ ޑައިވް ކުރުމަށް ބޭނުން ކުރާ ވެޓް ސޫޓު،" އަބޯ ވިދާޅުވި އެވެ.

ވެޓް ސޫޓު ވެގެން ދިޔައީ ޑައިވަރުންނާ މަސްވެރިން ވެސް ވަރަށް ގަޔާވި އެއްޗަކަށެވެ. ކުރު މުއްދަތެއްގެ ތެރޭގައި އެތައް ބައެއްގެ މަގްބޫލުކަން އެއަށް ލިބުނެވެ. މިއާ އެކު އަޕްނިއާ އިން ވިސްނީ އެމީހުންގެ ލޭބަލްގައި އިތުރު ތަކެތި މާކެޓަށް ނެރޭށެވެ.

އެގޮތުން ފިންސާއި މާސްކާއި ތޮތްޕާއި ތުވާލީގެ އިތުރުން ބީޗް ޓީޝާޓާއި ސޯޓު ވެސް އަޕްނިއާ ބްރޭންޑްގެ ލޯގޯއާ އެކު ވިއްކަން ފެށި އެވެ. ކުރިއަށް އޮތް ތަނުގައި އަޕްނިއާގެ އާ އުފެއްދުންތަކެއް އަންނާނެ ކަމަށް އެކުންފުނިން ބުނެ އެވެ.

އަޕްނިއާ އިން މިހާރު ގެންދަނީ "ހޭ" ނަމުގައި ތަފާތު އުފެއްދުންތަކެއް ތައްޔާރު ކުރުމުގެ މަސައްކަތް ކުރަމުންނެވެ. ހޭ ނަކަތަށް ނިސްބަތްވާ މި ސަބް ބްރޭންޑުގެ ދަށުން މޫދުގައި ބޭނުންކުރާ ސާމާނު ނޫން އެހެން ބައެއް އުފެއްދުންތައް ވެސް ފެންނާނެ ކަމަށް އަބޯ ވިދާޅުވި އެވެ. އެގޮތުން ވިއްސާރަ ކޯޓާއި ބެކްޕެކު ފަދަ ތަކެތި އުފެއްދުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ.

އަޕްނިއާ މޯލްޑިވްސް ބްރޭންޑްގެ ތަކެތި ޑިޒައިނު ކުރަނީ ވެސް ދިވެހި ފަންނުވެރިއެކެވެ. އަލީ މަމްދޫހު (ހަބޭސް މަމްދޫހު) ގެ ކުރެހުންތަކާއި ކްރިއޭޓިވް ފަރުމާތަކުން އަޕްނިއާގެ އުފެއްދުންތަކަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭ ކަމަށް ކުންފުނިން ގަބޫލުކުރެ އެވެ.

އަބޯ ވިދާޅުވީ އަޕްނިއާގެ ހަތަރު އަހަރު ވީ ތާރިހުގައި އެންމެ ބޮޑު ކާމިޔާބީ އަކީ ބޭރުގެ މާކެޓަށް ތަކެތި ވިއްކުމުގެ ފުރުސަތު ލިބުމެވެ. އަޕްނިއާއިން ވަނީ އެމެރިކާގެ ކެލިފޯނިއާ އަށާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް އެކުންފުނީގެ އަމިއްލަ އުފެއްދުންތައް ވިއްކުމުގެ މަސައްކަތް ފަށައިފަ އެވެ.

އަޕްނިއާ ބްރޭންޑް މަޝްހޫރުވުމުގައި ފޭސްބުކާއި އިންސްޓާގްރާމް މުހިންމު ރޯލެއް އަދާކުރެ އެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގެ 90،000 އަށް ވުރެ ގިނަ މީހުން ފޮލޯކުރާ އަޕްނިއާގެ އިންސްޓާގްރާމު އެކައުންޓުގައި ކަނޑު އަޑީގެ ފޮޓޯތަކާއި މަސްވެރިކަމުގެ ފޮޓޯތައް ހިމެނެ އެވެ.

ކުރިއަށް އޮތް ތަނުގައި ބްރެޒިލް ފަދަ ގައުމުތަކަށް ވެސް އަޕްނިއާ މޯލްޑިވްސްގެ އުފެއްދުންތައް ފޮނުވުމުގެ ވިސްނުން ކުންފުނިން ގެންގުޅެ އެވެ. އަޕްނިއާގެ ލޯގޯއަށް ޕޭޓެންޓް ރައިޓްސް ވެސް ވަނީ ލިބިފަ އެވެ.

މި ބްރޭންޑް ދުނިޔޭގެ މާކެޓަށް ނެރުމުގައި ހުރި އެންމެ ބޮޑު އެއް ދައްޗަކީ، އަބޯ ވިދާޅުވި ގޮތުގައި، ޕޭމެންޓް ހެއްދޭނެ އެންމެ ފުރިހަމަ ގޮތްތައް ނެތުމެވެ. އެގޮތުން ޕޭޕާލް ފަދަ ވަސީލަތްތައް ބޭނުން ކުރުމަށް ހުރަސްތައް ކުރިމަތިވާ ކަމަށް އެކުންފުނިން ބުނެ އެވެ.

އަމިއްލަ އުފެއްދުންތަކުގެ އިތުރުން ބޭރުގެ މަޝްހޫރު ބްރޭންޑްތަކަށް ވެސް އަޕްނިއާ އިން ފުރުސަތު ދެ އެވެ.

"އަޅުގަނޑުމެންގެ އަމިއްލަ ބްރޭންޑް އުފެދިގެން އައީ ވެސް މަޝްހޫރު ބްރޭންޑްތަކާ އެކު ހެދުނު ޕާޓްނާޝިޕްގެ ތެރެއިން އެމީހުންގެ އެހީތެރިކަމާ އެކު. ދިވެހިންނަށް އެހެން ބްރޭންޑްތައް ގަތުމުގެ ފުރުސަތު ނުވަތަ ބޭނުންވާ އެއްޗެއް ޗޫސް ކުރުމުގެ ފުރުސަތު ދޭން ބޭނުން،" އަބޯ ވިދާޅުވި އެވެ.

ހިއްސާދާރުންގެ އަމާޒަކީ ބައިނަލްއަގުވަމީ މަޝްހޫރު ބްރޭންޑަކަށް އަޕްނިއާ މޯލްޑިވްސް ހެދުމެވެ. ދުނިޔޭގެ މަޝްހޫރު ފްރީ ޑައިވްކުރާ ތަންތަނުގައި ވެސް އަޕްނިއާ މޯލްޑިވްސްއޭ ބުނުމުން އެއާ މެދު ސުވާލު ނުއުފެދޭ ވަރުގެ ކާމިޔާބު ބްރޭންޑަކަށް ހެދުމެވެ.

"މިހާރު ވެސް ފްރީ ޑައިވް ކުރާ މީހުންނަށް ދުނިޔޭގެ ކޮންމެ ތަނެއްގައި ހުއްޓަސް އެނގޭނެ. އެކަމަކު މޭކަޕް ކުރާ މީހުންނަށް ނޭނގޭނެ. އާޓިސްޓުންނަށް ނޭނގޭނެ، ލަވަކިޔާ މީހުންނަށް ނޭނގިދާނެ،" އަބޯ ވިދާޅުވި އެވެ.

އެކަމަކު "ބޭނުންވަނީ ކުރިއަށް އޮތް ތަނުގައި އެންމެންނަށް ވެސް އެނގޭ ބްރޭންޑަކަށް ވެގެން ދިޔުން. މިސާލަކަށް ރިޕްކާލް ނުވަތަ ކުއިކްސިލްވާ ފަދަ ބްރޭންޑްތަކަކީ ކޮން ބައެއްކަން އެބަ އެނގޭ. އެފަދަ ބްރޭންޑަކަށް އަޕްނިއާ ވެގެންދިއުން."