ޑިޒައިން ބަދަލުކޮށް އާ "ރޭމްޕް" އެއް ހަދައިފި
ޑިޒައިން ބަދަލުކޮށް އާ "ރޭމްޕް" އެއް ހަދައިފި

ނަމޫނާ ރޭމްޕުގެ ޑިޒައިން ބަދަލުކޮށް އާ "ރޭމްޕެއް" މާލެ ސިޓީ ކައުންސިލުން އިއްޔެ ހަދައިފި އެވެ.

ޑިޒައިން ބަދަލުކޮށް އާ "ރޭމްޕް" އެއް ހަދައިފި
ޑިޒައިން ބަދަލުކޮށް އާ "ރޭމްޕް" އެއް ހަދައިފި

މާލޭގެ މަގުތަކުގައި ބަހައްޓާފައި ހުރި ޕެލެޓުތައް ނަގައި ސިޓީ ކައުންސިލުން ނިންމީ ކޮންމެ ދުވާރެއް ކައިރީގައި ރޭމްޕް ހަދާށެވެ. ނަމަވެސް އަޖުމަ ބެލުމަށް ހެދި ފުރަތަމަ ރޭމްޕުގައި ވެސް ޕާކުކުރަން ފެށުމުން އޭގެ ޑިޒައިން ބަދަލުކުރަން ނިންމީ އެވެ.

ސިޓީ ކައުންސިިލުން މިހާރު ވަނީ މަޖީދީމަގުން މަޒާޑާ ކެފޭ ކުރިމަތީގައި ސިމެންތިން އުސްކޮށް އޮޅިގަނޑެއް ގޮތަށް ހަދައިފަ އެވެ. މިހާާރު ހަދާފައި ހުރި ގޮތުން ސައިކަލުތަކަކަށް ޕާކެއް ނުކުރެވޭނެ އެވެ.

އެ ކައުންސިލްގެ މެމްބަރު ހުސެއިން ޝަރީފު ވިދާޅުވީ ޕާކުނުކުރެވޭ ގޮތަށް ބަދަލުކުރި އާ ޑިޒައިން ރަނގަޅު ކަމަށެވެ. ނަމަވެސް ހަމައެކަނި މައްސަލައަކީ އެތަނަށް ފުރޮޅުލީގޮނޑީގައި ބޭނުން ނުކުރެވުން ކަމަށާއި ތިރިކޮށް ހަދައިފިނަމަ ސައިކަލުތައް ޕާކުކުރަން ފަށާނެ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މަޖީދީމަގުގައި ކޮންމެ ކަނަކާ ދިމާލުން ފުރޮޅުލީގޮނޑި ބޭނުންކުރެވޭ ގޮތް ހަދާފައިވާ ކަމަށެވެ.

މިދިޔަ ހަފުތާގައި މާލޭގެ އެކި ސަރަހައްދުތަކުން 600 އަށްވުރެ ގިނަ ޕެލެޓު ނަގާފައިވެ އެވެ. އެ އެއްޗެހިތައް ނެގުމަށްފަހު، ކްލިނިކް ފަދަ ތަންތަނުގައި ސިމެންތިން ރޭމްްޕް ހަދަން ކައުންސިލުން ވަނީ ނިންމައިފަ އެވެ.