16 ޖެނުއަރީ 2019 - 13:45

ނ. މަނަދޫ ކައިރިއަށް ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލުނު މީހާ ވެސް ފެނިއްޖެ އެވެ.
މިއަދު ވަނީ ރ. އަތޮޅު ފަޅު ރަށެއް ކަމަށްވާ ވަންދޫ ކައިރި އަށް ހުއިފިލަނޑާ ނަގަން ފީނި މީހަކު ވެސް ގެއްލިފަ އެވެ. އެކަމަކު އެ އަތޮޅު ފަޅު ރަށެއްގައި ހުއްޓާ އޭނާ ފަހުން ވަނީ ފެނިފަ އެވެ.
ސިފައިން ބުނީ މަނަދޫ ކައިރިން ގެއްލުނީ ނ. މިލަދޫ، މުހައްމަދު ޝާވިން ކަމަށެވެ. އޭނާ ގެއްލުނީ ނ. މަނަދޫ ދެކުނު ފަރާތަށް ލަނޑާ ނަގަން އެހެން މީހަކާއެކު ފީނަނިކޮށް ކަމަށް ސިފައިން ބުންޏެވެ. އޭނާ ފެނުނީ އެ ސަރަހައްދުުގައި އުޅުނު ޑިންގީއަކަށެވެ.
ރ. އަތޮޅުން ގެއްލިގެން ހޯދަނިކޮށް ފެނުނު މީހަކީ ރ. ދުވާފަރު، ފެހިޔާގޭގެ، އުމުރުން 32 އަހަރުގެ އަބްދުﷲ އާދަމް އެވެ.