17 ޖެނުއަރީ 2019 - 06:25

ހުރިހާ އެއްޗެއް ސްމާޓްވަމުން ގޮސް ބޫޓު ވެސް ޓެކްނޮލޮޖީގެ ތެރެއަށް ވަދެ، ސްމާޓްވީ އެވެ.
ނައިކީން މި ވަނީ ބާސްކެޓް ކުޅޭ މީހުންނަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ ސްމާޓް ބޫޓެއް "ނައިކީ އެޑަޕްޓެޑް ބީބީ" ގެ ނަމުގައި ދައްކާލައި، އަންނަ މަހުގެ 17 އިން ފެށިގެން އާންމުކޮށް ވިއްކަން ފަށަން ތައްޔާރުވެފަ އެވެ. އަގަކީ 350 ޑޮލަރު (5،425ރ.) އެވެ.
މި ބޫޓަކީ މިއަށް ހާއްސަ މޮބައިލް އެޕެއް މެދުވެރިކޮށް ފަޔަށް ހެޔޮވަރުކޮށްލެވޭ ގޮތަށް އަމިއްލަ އަށް އޭގެ ނާޑުވާ ވެސް ފިޓްކޮށްލެވޭ އަދި ހާލަތާ ގުޅޭ ގޮތަށް ބޫޓުގެ ހަރަކާތްތައް ފަރުމާކޮށްފައިވާ އެއްޗެކެވެ.
ޗާޖް ވެސް ކުރަން ޖެހޭ މި ބޫޓާ އެކު، ޗާޖިން މެޓެއް ހިމެނެ އެވެ. އޭގެ މަތީގައި ބޫޓު ބެހެއްޓުމުން ޗާޖްކޮށްލެވޭނެ އެވެ. މީގައި ވަނީ ކަސްޓަމައިޒް ކުރެވޭ ގޮތަށް ލައިޓް ސެޓިންއެއް ވެސް ހިމަނައި، ބޫޓު އަޕްގްރޭޑް ކުރެވޭ ފީޗާއެއް ވެސް ހިމަނައިފަ އެވެ.
ނައިކީން ބުނި ގޮތުގައި އަމާޒަކީ ކުރިއަށް އޮތް ތަނުގައި އެހެން ކުޅިވަރުތަކަށް ވެސް ހާއްސަކޮށްގެން ސްމާޓް ބޫޓުތަކެއް ތައާރަފު ކުރުމެވެ.