އެމްއެފްޑީއޭގެ އިސްވެރިއަކަށް ޝާހް، އެޗްޕީއޭ އަށް ޒުހައިރު
އެމްއެފްޑީއޭގެ އިސްވެރިއަކަށް ޝާހް، އެޗްޕީއޭ އަށް ޒުހައިރު

ހެލްތު މިނިސްޓްރީގެ ދަށުން ހިންގާ ދެ އިދާރާ އަކަށް އިސްވެރިން މިއަދު ހަމަޖައްސައިފި އެވެ.

އެމްއެފްޑީއޭގެ އިސްވެރިއަކަށް ޝާހް، އެޗްޕީއޭ އަށް ޒުހައިރު
އެމްއެފްޑީއޭގެ އިސްވެރިއަކަށް ޝާހް، އެޗްޕީއޭ އަށް ޒުހައިރު

ހެލްތު މިނިސްޓްރީން ކުރި ޓްވީޓެއްގައި ބުނީ، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) ގެ އިސްވެރިއަކަށް އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. ޝާހް މާހިރު އަދި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ވެރިއަކަށް ސްޓޭޓް މިނިސްޓަރު މުހައްމަދު ޒުހެއިރު ހަމަޖައްސަވާފައިވާ ކަމަށެވެ.

ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ބޭފުޅުންނާ ލިޔުން ހަވާލުކޮށްދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނެވެ.

އެމްއެފްޑީއޭގެ މަސްއޫލިއްޔަތުގެ ތެރޭގައި، ކެއުންބުއިމުގެ ހިދުމަތް ދޭ ތަންތަނަށް ހުއްދަ ދިނުމާއި އެ ތަންތަން މޮނީޓާ ކުރުން ހިމެނެ އެވެ. އޭގެ އިތުރުން ރާއްޖެ ގެންނަ ބޭހާ ގުޅޭ މަސައްކަތްތައް ވެސް ކުރާނީ އެ އޮތޯރިޓީންނެވެ.

ބަލިތައް ކޮންޓްރޯ ލްކުރުމާއި ބަލިތަކާ ގުޅޭ މައުލޫމާތު އާއްމުންނަށް ފޯރުކޮށް ދިނުމަކީ އެޗްޕީއޭގެ ޒިންމާ އެކެވެ.