14 ޖެނުއަރީ 2019 - 23:08

ޒައިދު ސަސްޓެއިނަބިލިޓީ ޕްރައިޒް މި އަހަރު ހާސިލްކުރި 10 ބޭފުޅުންގެ ތެރެއިން ބޭފުޅަކަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މިރޭ އެވޯޑް ހަވާލުކޮށް ދެއްވައިފި އެވެ.
ޒައިދު ސަސްޓެއިނަބިލިޓީ ޕްރައިޒް ދިނުން މިފަހަރު ވެސް އޮތީ ސަސްޓެއިނަބިލިޓީ ވީކް 2019 ހުޅުވުމުގެ ރަސްމިއްޔާތުގަ އެވެ. މިއީ މި އެވޯޑް ދިން 11 ވަނަ ފަހަރެވެ.
އަބޫދާބީގެ ނެޝަނަލް އެގްޒިބިޝަން ސެންޓަރުގައި ބޭއްވި އެ ރަސްމިއްޔާތުގައި ޔޫއޭއީގެ ނައިބު ރައީސް ޝައިޚް މުހައްމަދު ބިން ރާޝިދު އަލް މަކްތޫމާއި އަބޫދާބީގެ ވަލީ އަހުދު އަދި ޔޫއޭއީގެ ޑެޕިއުޓީ ސުޕްރީމް ކޮމާންޑާ އޮފް އާމްޑް ފޯސަސް މުހައްމަދު ބިން ޒައިދު އަލް ނަޙްޔާން ބައިވެރިވެވަޑައިގަތެވެ.
ރައީސް ޔޫއޭއީ އަށް ވަޑައިގަތީ ވަލީ އަހުދު މުހައްމަދު ބިން ޒައިދު އަލް ނަޙްޔާންގެ ދައުވަތަކަށެވެ.
އަބޫދާބީ ސަސްޓެއިނަބިލިޓީ ވީކް ގެ ނަމުގައި ހިންގާ ހަރަކާތަކީ ކޮންމެ އަހަރަކު މެދުއިރުމަތީގައި ބާއްވާ އެންމެ ބޮޑު އެއް އެއްވުމެވެ.