ފިނޭންސްގެ ސެކިއުރިޓީއާ ފުލުހުން ހަވާލުވަނީ
ފިނޭންސްގެ ސެކިއުރިޓީއާ ފުލުހުން ހަވާލުވަނީ

ފިނޭންސް މިނިސްޓްރީގެ ސަލާމަތީ ކަންތައްތައް ބެލެހެއްޓުމާ ފުލުހުން ހަވާލުވުމާ ބެހޭ ގޮތުން މަޝްވަރާކޮށްފި އެވެ.

ފިނޭންސްގެ ސެކިއުރިޓީއާ ފުލުހުން ހަވާލުވަނީ
ފިނޭންސްގެ ސެކިއުރިޓީއާ ފުލުހުން ހަވާލުވަނީ

ފިނޭންސް މިނިސްޓްރީ ހިންގާ އިމާރާތުގެ ސަލާމަތީ ކަންތައް ފުލުހުން މިއަދު ހަވީރުން ފެށިގެން ބަލަހައްޓަން ފެށި ކަމަށް، ކުރިން ރިޕޯޓްކޮށްފައި ވަނީ ފުލުހުން އެގޮތަށް މައުލޫމާތު ދިނުމުންނެވެ. ނަމަވެސް ފަހުން ބުނީ އެކަމާ ބެހޭ ގޮތުން ކުރީ މަަޝްވަރާ ކަމަށާއި ފުލުހުން އަދި ފިނޭންސްގެ ސަލާމަތީ ކަންކަމާ ހަވާލު ނުވާ ކަމަށެވެ.

ފިނޭންސް މިނިސްޓްރީގެ ޑިރެކްޓަރު އަހުމަދު އައިމަން ވެސް ވިދާޅުވީ އެތަނުގެ ސަލާމަތީ ކަންތައްތައް ހަރުދަނާކުރުމުގެ ގޮތުން މިއަދު ފުލުހުން ސަލާމަތީ ކަންކަމާ ހަވާލުވެފައިވާ ކަމަށެވެ.

ސެކިއުރިޓީ އަށް ފުލުހުން ތިބޭ އައިޖީއެމްއެޗް އާއި ބޭންކް އޮފް މޯލްޑިވްސްގައި ތިބެނީ ޔުނިފޯމް އެޅި ކޮންސްޓަބްލަރީން ކަމަށް ވިޔަސް ފިނޭންސްގައި މިރޭ ހަރަކާތްތެރިވަމުން ދަނިކޮށް ފެނުނީ ކުލަ ހެދުމުގައި ތިބި ބައެކެވެ.

"މިހާރު"ގެ ނޫސްވެރިން މިރޭ 11:30 ހާއިރު ފިނޭންސް ކައިރިއަށް ދިޔައިރު އެތަނުގެ ބައެއް މުވައްޒަފުންނާއި ފުލުހުން ވެސް އުޅެނިކޮށް ފެނިފައިވެ އެވެ. ނަމަވެސް ފުލުހުންގެ ޔުނިފޯމްގައި ހުރި އެއްވެސް މީހަކު އެވަގުތަކު ނުފެނެ އެވެ.

މިއަދު ފިނޭންސް މިނިސްޓްރީ އަށް ފުލުހުން ވަދެ އެތަނުގެ ބައެއް މުވައްޒަފުން ހައްޔަރުކޮށްފައިވާ ކަމަށް ވެސް އަޑު އެރި އެވެ. ނަމަވެސް ފުލުހުން ބުނީ އެއީ ދޮގެއް ކަމަށެވެ.