މަޓީގެ އަހަރީ އާންމު ޖަލްސާ އަންނަ ހަފުތާގައި
މަޓީގެ އަހަރީ އާންމު ޖަލްސާ އަންނަ ހަފުތާގައި

މަޓީގެ އަހަރީ އާންމު ޖަލްސާ އަންނަ ހަފުތާގެ ހޯމަ ދުވަހު ބާއްވާކަން އިއުލާނުކޮށްފި އެވެ.

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) ގެ 29 ވަނަ އަހަރީ އާންމު ޖަލްސާ މި މަހު 21 ގައި ބާއްވާނީ ކުރުނބާ މޯލްޑިވްސްގަ އެވެ.

މިއީ ޓޫރިޒަމް ދާއިރާ ކުރިއަރުވައި ދެމެހެއްޓުމަށް 1982 ވަނަ އަހަރު ވިޔަފާރިވެރިންތަކެއް ގުޅިގެން އުފެއްދި ޖަމިއްޔާއެކެވެ. ޖަމިއްޔާގައި ހިމެނެނީ ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ އެންމެ ކުރީ ސަފުގައި މަސައްކަތްކުރާ ފަރާތްތަކެވެ.

މަޓީގެ ބޯޑު މެންބަރުންގެ ގޮތުގައި 15 ބޭފުޅުން ތިއްބަވަ އެވެ. ޗެއަމަނަކަށް ހުންނެވީ މުހައްމަދު އުމަރު މަނިކު (އެމްޔޫ) އެވެ. ވައިސް ޗެއަމަނުންނަކީ ހުސައިން އަފީފާއި ސަލާހު ޝިހާބެވެ. މަޓީގެ ސެކްރެޓަރީ ޖެނެރަލަކީ އަހުމަދު ނަޒީރެވެ.