12 ޖެނުއަރީ 2019 - 18:13

މާލޭގެ ގެއެއްގެ ތެރޭގައި ވެސް ޒުވާނަކު މަރުވެެފައި އޮއްވާ މިއަދު ފެނިއްޖެ އެވެ.
ފުލުހުން ބުނީ 27 އަހަރުގެ ފިރިހެނަކު މަރުވެފައި އޮއްވާ ފެނުނީ މ. ރަމާގުލްޝަން ގެއިން ކަމަށެވެ. އެ ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބުނީ މިއަދު ހަވީރު 4:30 ހާއިރެވެ. އެކަމަކު އޭނާ މަރުވީ ކީއްވެގެން ކަމެއް އަދި ސާފެއް ނުވެ އެވެ.
އެ މައްސަލަ ފުލުހުން މިހާރު ދަނީ ބަލަމުންނެވެ.
ހުޅުމާލޭގައި މަރުވި 27 އަހަރުގެ އަންހެނެއްގެ މައްސަލަ ވެސް ފުލުހުން އަންނަނީ ބަލަމުންނެވެ. މަރުގެ އެ މައްސަލަ ފުލުހުންނަށް ހުށަހެޅީ މިއަދު ހެނދުނު އެ އަންހެން މީހާ ޓްރީ ޓޮޕް ހޮސްޕިޓަލަށް ގެންދިއުމުން އެ ހޮސްޕިޓަލުންނެވެ.