އެމެޒޯންް ގޭމް ސްޓްރީމިންގެ ތެރެއަށް ވެސް ވަންނަނީ
އެމެޒޯންް ގޭމް ސްޓްރީމިންގެ ތެރެއަށް ވެސް ވަންނަނީ

އެމެޒޯންގެ ބާނީ ޖެފް ބެޒޯސްގެ ކައިވެނި ނިމުމަކަށް އަޔަސް ކުންފުނީގެ ކުރިމަގުގެ ޕްލޭންތަކަކަށް ނިމުމެއް ނާންނާނެ އެވެ. އެމެޒޯން އިން މިހާރު އަންނަނީ އަނެއްކާ ވެސް މުޅިން އާ ހިދުމަތެއް ތައާރަފުކުރަން ތައްޔާރުވަމުންނެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ގޭމް ސްޓްރީމްގެ ހިދުމަތް ދޭން ނިންމައި، އޭގެ ވަރަށް ސިއްރު މަޝްރޫއެއް އެ ކުންފުނިން މިހާރު އަންނަނީ ހިންގަމުންނެވެ. އެހެންވެ މާ ލަސްތަކެއް ގޭމް ސްޓްރީމް ކުރަން ފަށާކަން އެމެޒޯން އިން ރަސްމީކޮށް އިއުލާން ކުރާނެ ކަމަށް މީޑިއާތަކުން ބުންޏެވެ.

އެގޮތުން ގޭމް ސްޓްރީމް ސާވިސް ފޯނާއި ޓެބްލެޓާއި ސްމާޓް ޓީވީ ފަދަ ޕްލެޓްފޯމްތަކުން ފަސޭކަމާ އެކު ސްޓްރީމް ކުރެވޭނެ ގޮތް އެ ކުންފުނިން ހަދާނެ ކަމަށާއި އެންމެ ލަސްވެގެން ވެސް އަންނަ އަހަރު އެމެޒޯން އިން ހިދުމަތް ތައާރަފު ކުރާނެ ކަމަށް މީޑިއާތަކުން ބުންޏެވެ.

އެމެޒޯން މި ހިދުމަތް ތައާރަފުކުރަން އުޅޭ ވާހަކަ ފެތުރިފައި މި ވަނީ ޕްލޭސްޓޭޝަން (ޕީއެސް) އާއި އެކްސްބޮކްސް އިން ވެސް ކްލައުޑް ސާވިސްތަކަށް ދާން ނިންމާފައި ވަނިކޮށެވެ. އަދި ގޭމް ސްޓްރީމް ހިދުމަތް ތައާރަފުކުރަން ފޫގަޅާފައި ކުންފުނިތަކުގެ ތެރޭގައި ގޫގުލް އާއި އިލެކްޓްރޯނިކް އާޓްސް ހިމެނެ އެވެ.

މި ހިދުމަތް މިހާރު ދޭ މަޝްހޫރު ކުންފުނިތަކުގެ ތެރޭގައި ޓްވިޗް ފާހަގަކޮށްލެވެ އެވެ.