10 ޖެނުއަރީ 2019 - 23:05

އދ. އެއްލައިދޫ ރިސޯޓްގައި މަސައްކަތްކުރާ ސްރީ ލަންކާ ދެ މީހެއްގެ ދެމެދުގައި ހިނގި މާރާމާރީއެއްގައި ވަޅިން ހަމަލާދީ އެކަކު މަރާލައިފި އެވެ.
ފުލުހުން ބުނީ އެއްލައިދޫ ރިސޯޓްގައި ލަންކާ ދެމީހުންގެ ދެމެދުގައި ހިނގި މާރާމާރީއެއްގައި އެކަކު މަރުވި ކަމުގެ ރިޕޯޓް މިރޭ 9:50 ގައި ލިބިފައިވާ ކަމަށާއި އެކަން ތަހުގީގުކުރަން ފުލުހުން މިހާރު އެ ރިސޯޓްގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
އެނގިފައިވާ ގޮތުގައި އެއްލައިދޫ ރިސޯޓްގައި ލަންކާ ދެމީހުންގެ ދެމެދުގައި ހިނގި ޒުވާބެއް ހޫނުވެ މާރާމާރީއަކަށް ބަދަލުވި އިރު ވަޅިއެއް އޮތީ އެތަނުން އެކެއްގެ އަތުގައެވެ. ވަޅިން ޒަހަމްކޮށްލި މީހާ މަރުވި އިރު އަނެއް މީހާ އަށް އެއްވެސް އަނިޔާއެއް ނުވެ އެވެ.