10 ޖެނުއަރީ 2019 - 16:05

އިސްލާމްއާބާދު (ޖެނުއަރީ 10) - ހަތް އަހަރު ދުވަހުގެ ހުކުމެއްގައި ޖަލުގައި ހުންނެވި ޕާކިސްތާނުގެ ކުރީގެ ބޮޑު ވަޒީރު ނަވާޒް ޝަރީފްގެ ހާލު ސީރިއަސް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ނަވާޒް ޝަރީފުގެ ހުން މާގަދަވެ ބޮލުގައި ރިއްސާތީ އިއްޔެ ވަނީ މެޑިކަލް ޗެކަޕެއް ވެސް ހަދައިފަ އެވެ. އެހެންވެ ޑޮކްޓަރުން ވަނީ ފަރުވާތެރި ކަމާ އެކު ނަވާޒް ޝަރީފް ބެލެހެއްޓުމަށް އިރުޝާދު ދީފަ އެވެ.
ނަވާޒް ޝަރީފުގެ ހާލު ގޯސްވިކަމުގެ ޚަބަރު ލިބުމާ ގުޅިގެން ބައްޕާފުޅު އަންގާރަ ދުވަހު ވަނީ ޖަލަށް ވަޑައިގެން ބައްދަލު ކުރައްވައިފަ އެވެ.
އުމުރުން 69 އަހަރުގެ ނަވާޒް ޝަރީފުގެ މައްޗަށް ހަތް އަހަރުގެ ޖަލު ހުކުމެއް އިއްވީ ޑިސެމްބަރު 24 ވަނަ ދުވަހު އެވެ. އޭގެ ކުރިން ވެސް ވަނީ ނަވާޒް ޝަރީފުގެ މައްޗަށް ކޮރަޕްޝަނުގެ ކުށުގައި 10 އަހަރުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ. ނަމަވެސް އެ ހުކުމް ތަންފީޒް ކުރަމުން ދަނިކޮށް ވަނީ ގެއަށް ބަދަލުކޮށްފަ އެވެ. އެންމެ ފަހުގެ ހުކުމް އިއްވީ ވަގުތީ ގޮތުން ޖަލުން ދޫކޮށްލާފައި ހުންނަވަނިކޮށެވެ.