10 ޖެނުއަރީ 2019 - 15:26

ޓްރެވެލް އޭޖެންސީތަކުގެ އަހަރީ ރިޕޯޓު ހުށަހެޅުމަށް ޓޫރިޒަމް މިނިސްޓްރީން އެދެފި އެވެ.
ޓްރެވަލް އެޖެންސީ ހިންގުމާ ބެހޭ ގަވާއިދުގެ އަށް ވަނަ މާއްދާގެ ދަށުން ކޮންމެ އަހަރަކު ވެސް އޭޖެންސީތަކުގެ އަހަރީ ރިޕޯޓު ޓޫރިޒަމް މިނިސްޓްރީ އަށް ހުށަހަޅަންޖެހެ އެވެ.
އިއުލާނުގައި ބުނީ އަހަރީ ރިޕޯޓު ހުށަނާޅައިފި ނަމަ، ޓްރެވަލް އެޖެންސީ ހިންގުމުގެ ހުއްދަ ބާތިލްކުރާނެ ކަމަށެވެ.
އަހަރީ ރިޕޯޓު މި މަހުގެ 31 ގެ ކުރިން މިނިސްޓްރީއަށް ހުށަހެޅުންވުމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ އެދިފަ އެވެ.
ރާއްޖޭގައި ހިންގުމަށް 306 ޓްރެވެލް އޭޖެންސީ އަށް މިނިސްޓްރީން ހުއްދަ ދީފައިވެ އެވެ.