21 އޯގަސްޓް 2016 - 15:20

މާލޭގައި އަނެއްކާވެސް ވެންޑިން މެޝިން ބަހައްޓަން ނިންމައި، އެ މަސައްކަތް ކުރާނެ ފަރާތެއް ހޯދަން ހައުސިން މިނިސްޓްރީން އިއުލާންކޮށްފި އެވެ.
ވެންޑިން މެޝިނަކީ އެކި ބާވަތްތަކުގެ ލުއިކާނާ އާއި ބުއިންތައް ލިބެން ހުންނަ މެޝިނެކެވެ. އެ މެޝިންގެ ތެރެއަށް ފައިސާ ލުމުން، އޭގެ ތެރޭގައި ހުންނަ އެއްޗެހި ގަނެވެ އެވެ.
ހައުސިން މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައިވާ ގޮތުން ވެންޑިން މެޝިން ބަހައްޓަނީ ދާރުލް އާސާރު ކުރިމަތީގައި މިހާރު ހަދަމުން އަންނަ މައިޒާނުގަ އާއި ސޯސަންގޭ އެއް ކަނުގައި ހަދާ މައިޒާނުގަ އެވެ.
މީގެ އަހަރުތަކެއް ކުރިން ވެސް މާލޭގައި ވެންޑިން މެޝިންތަކެއް ބެހެއްޓި އެވެ. އެކަމަކު އެ އެއްޗިއްސަށް އޭރު އާންމުންގެ މާ ބޮޑު ތަރުހީބެއް ނުލިބުނެވެ.