ރައީސްގެ ސެކިއުރިޓީ ޔުނިޓްގެ ކޮމާންޑަރަކަށް ޒުހުރީ
ރައީސްގެ ސެކިއުރިޓީ ޔުނިޓްގެ ކޮމާންޑަރަކަށް ޒުހުރީ

ރައީސުލްޖުމްހޫރިއްޔާގެ ސަލާމަތީ ކަންކަން ބަލަހައްޓާ ޔުނިޓު، ޕްރެޒިޑެންޝަލް ގާޑްސްގެ ކޮމާންޑިން އޮފިސަރަކަށް، ފަޔާ އެންޑް ރެސްކިއުގެ ކޮމާންޑިން އޮފިސަރުގެ މަގާމުގައި މިހާތަނަށް ހުންނެވި ކާނަލް އަބްދުﷲ ޒުހުރީ އެމްއެންޑީއެފުން މިއަދު ހަމަޖައްސައިފި އެވެ.

ރައީސްގެ ސެކިއުރިޓީ ޔުނިޓްގެ ކޮމާންޑަރަކަށް ޒުހުރީ
ރައީސްގެ ސެކިއުރިޓީ ޔުނިޓްގެ ކޮމާންޑަރަކަށް ޒުހުރީ

މި ބަދަލާ އެކު، ޕްރެޒިޑެންޝަލް ގާޑްސްގެ ކޮމާންޑިން އޮފިސަރަކަށް މިހާތަނަށް ހުންނެވި އިބްރާހިމް ރަޝީދު ވަނީ ސަދަން އޭރިއާގެ ކޮމާންޑިން އޮފިސަރަކަށް ހަމަޖައްސައިފަ އެވެ. އަދި ސަދަން އޭރިއާގެ ކޮމާންޑިން އޮފިސަރަކަށް މިހާތަނަށް ހުންނެވި ކާނަލް އަބްދުﷲ އިބްރާހިމް ވަނީ ފަޔާ އެންޑް ރެސްކިއުގެ ކޮމާންޑިން އޮފިސަރަކަށް ބަދަލުކޮށްފައި ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ރައީސުލްޖުމްހޫރިއްުޔާގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ކުރިން ހަރަކާތްތެރިވަމުން އައި ސްޕެޝަލް ޕްރޮޓެކްޝަންސް ގްރޫޕް (އެސްޕީޖީ) ގެ ބަދަލުގައި ޕްރެޒިޑެންޝަލް ގާޑްސްގެ ނަމުގައި ވަކި ޔުނިޓެއް އެމްއެންޑީއެފްގައި ގާއިމްކުރީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ރިޔާސީ ލޯންޗުކޮޅު "ފިނިފެންމާ" 2015 ގައި ބަޔަކު އެއްޗެއް ގޮއްވައިލުމާ ގުޅިގެންނެވެ.

ރިޔާސީ ލޯންޗްކޮޅު އެއްޗެއް ގޮއްވައިލުމާ ގުޅިގެން، އޭރުގެ ރައީސް ޔާމީންގެ ސަލާމަތީ ކަންކަން އެމްއެންޑީއެފުން ވަރަށް ބޮޑަށް ވަރުގަދަކޮށް، އެމަނިކުފާނު ވަޑައިގަންނަވާ ތަންތަނުގައި ހަތިޔާރު އެޅި ސިފައިން ހަރަކާތްތެރިވާން ފެށި އެވެ.