07 ޖެނުއަރީ 2019 - 19:45

ށ. ފުނަދޫގެ ތިން ފިހާރައަކަށް ރޭ ގެއްލުންދީ، އެ ފިހާރަތަކުން ވައްކަން ކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވި ގޮތުގައި ތިން ފިހާރައަކަށް ގެއްލުންދިން ނަމަވެސް، ވައްކަން ކޮށްފައި ވަނީ ދެ ފިހާރައަކުން ނެވެ. މީގެ އިތުރުން އެ ރަށުގެ ގެއަކުން ވެސް ވަނީ ވައްކަން ކޮށްފަ އެވެ. އެ ގެއިން ނަގާފައި ވަނީ ވޮލެޓަކާއި މޯބައިލް ފޯނެކެވެ.
އެ ރަށުގެ އެއް ފިހާރަ ފަޅާލައި ވަނީ އަތަރު ފުޅިތަކަކާއި ގަމީސްތަކެއް ވަގަށް ނަގައިފަ އެވެ. އަދި ފޮޓޯ ކޮޕީ ނަގާ ތަނަކުން ވަނީ 1،000ރ. ވަގަށް ނަގައިފަ އެވެ.
ފުލުހުން ބުނީ ވައްކަމުގެ މައްސަލާގައި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ. އަދި އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ބުންޏެވެ.