ޖަޕާނުގެ މަހުޖަނެއްގެ ޓްވީޓަކަށް ހަތަރު މިިލިއަން ރިޓްވީޓް
ޖަޕާނުގެ މަހުޖަނެއްގެ ޓްވީޓަކަށް ހަތަރު މިިލިއަން ރިޓްވީޓް

ޖަޕާނުގެ މަހުޖަނެއް ކަމަށްވާ ޔުސާކާ މައެޒްވާ ޓްވީޓެއް ކޮށް، އެ ޝެއާކުރާ މީހުންގެ ތެރެއިން ހޮވައިލެވޭ 100 މީހަކަށް ފައިސާގެ އިނާމެއް ދޭނެ ކަމަށް ބުނެ ކުރި ޓްވީޓެއް އެތައް މިލިއަން ބަޔަކު ރިޓްވީޓްކޮށް، މިހާތަނަށް އެންމެ ގިނަ ރިޓްވީޓް ކުރި ޓްވީޓުުގެ މަގާމު ލިބިއްޖެ އެވެ.

ޖަޕާނުގެ އޮންލައިން ފޭރާން ކުންފުނި ޒޯޒޯ އިންކްގެ ބާނީ މި މަހުގެ ފަ ވަނަ ދުވަހު ކުރި ޓްވީޓްގައި ބުނީ އޭނާގެ ޓްވީޓް ރިޓްވީޓްކުރާ މީހުންގެ ތެރެއިން ހޮވައިލެވޭ 100 މީހަކަށް 100 މިލިއަން ޔެން (925،00 ޑޮލަރު) ބަހާނެ ކަމަށެވެ.

މީގެ ކުރިން އެންމެ ގިނައިން ރިޓްވީޓްކޮށްފައި ވަނީ 2017 ގައި، ފާސްޓްފުޑް ޗެއިން ވެންޑީޒުން ހިލޭ ޗިކެން ނަގެޓްސް ދޭނެ ކަމަށް ބުނެ ކާޓާ ވިލްސަނުން ކުރި ޓްވީޓެކެވެ. ދެ މިލިއަނަށް ވުރެ ގިނަ މީހުން ރިޓްވީޓް ކުރި، އެ ޓްވީޓް ހޯދާފައި އޮތް ރިކޯޑް ޔުކާސާގެ ޓްވީޓް ހަތަރު މިިލިއަން ފަހަރު ރިޓްވީޓްކޮށްގެން ވަނީ ވައްޓާލައިފަ އެވެ.

ޔުސާކާގެ ޓްވީޓަކީ ޒޯޒޯޓައުންގެ ވެބްސައިޓުން ކުރި ވިޔަފާރި މިދިޔަ އަހަރު ނިންމައިލި އިރު ލިބުނު އާމްދަނީ 10 ބިލިއަން ޔެން އަށް އެރުމުން އެކަން ފާހަގަކުރުމުގެ ގޮތުން ކުރި ޓްވީޓެކެވެ.

ރިޕޯޓްތައް ބުނާ ގޮތުން ކުރިން ޑްރަމަރެއްގެ ގޮތުގައި މަސައްކަތްކުރި 43 އަހަރުގެ ޔުސާކާގެ މިލްކިއްޔާތު މިހާރު ތިން ބިލިއަން ޑޮލަރަށް އަރަ އެވެ.

އޭނާ ފާހަގަކޮށްލެވެނީ އެމެރިކާގެ މަޝްހޫރު މަހުޖަނު އީލޮން މަސްކްގެ ސްޕޭސްއެކްސްއާ އެކު ޕްރައިވެޓް ދަތުރެއްގައި ހަނދުވަށައި ބުރެއް ޖަހައިލަން މިދިޔަ އަހަރު ބޮޑު އަގެއް ވެސް ހޭދަކުރި ފުރަތަމަ މީހާގެ ގޮތުގަ އެވެ.

ދެހާސް ތޭވީހުގައި ކުރާ އެ ދަތުރުގައި ޔުސާކާއާ އެކު ގްރޫޕެއް ގެންދާނެ ކަމަށް ވެސް ބުނެފައިވެ އެވެ.