07 ޖެނުއަރީ 2019 - 12:30

މިއަދު ބޭއްވި 76 ވަނަ ގޯލްޑެން ގްލޯބް އެވޯޑްސްގެ އެންމެ މޮޅު ފިލްމުގެ މަގާމު "ބޮހީމިއަން ރަޕްސޮޑީ" ހޯދައި އެތައް ބަޔަކު ސިއްސުވާލައިފި އެވެ.
ޑްރާމާ ކެޓަގަރީން އެންމެ މޮޅު ފިލްމުގެ އެވޯޑް އުފުލައިލުމުގެ އިތުރަށް "ބޮހީމިއަން ރެޕްސޮޑީ" ގެ އެކްޓަރު ރަމީ މާލިކް ވަނީ އެންމެ މޮޅު އެކްޓަރުގެ އެވޯޑް ވެސް އުފުލާލައިފަ އެވެ. މި ފިލްމަކީ އިނގިރޭސިވިލާތުގެ ކުރީގެ މިއުޒިކް ބޭންޑް "ކްއީން" ގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. ބެލުންތެރިންގެ ހިތްތަކުން ޖާގަ ވެސް ހޯދި "ބޮހޭމިއަން ރަޕްސޮޑީ" ޑައިރެކްޓްކޮށްފައި ވަނީ ބްޔަރަން ސިންގާ އެވެ.
މި އަހަރުގެ ގޯލްޑެން ގްލޯބްސްގެ އުސްއަލިތަކަށް ބަލާއިރު އެންމެ ގިނަ ނޮމިނޭޝަންތައް ލިބުނު ފިލްމު "ގްރީން ބުކް" އަށް ހިއްލައިލެވުނި ދެ އެވޯޑެވެ. އެ ފިލްމު ނުވަ ކެޓަގަރީއަކުން ނޮމިނޭޓްވި އެވެ.
"ބޮހެމީއަން ރެޕްސޮޑީ" ދެ އެވޯޑް އުފުލައިލި އިރު، އެ އަދަދަށް "ރޯމާ" ވެސް ވަނީ އެވޯޑްތައް ގެންގޮސްފަ އެވެ.
* އެންމެ މޮޅު މޯޝަން ޕިކްޗާ/ޑްރާމާ: ބޮހީމިއަން ރެޕްސޮޑީ
* އެންމެ މޮޅު ބަތަލު މޯޝަން ޕިކްޗާ/ޑްރާމާ: ރަމީ މާލިކް
* އެންމެ މޮޅު ޑައިރެކްޓަރު މޯޝަން ޕިކްޗާ: އަލްފޮންސޯ ކުއަރޯން (ރޯމާ)
* އެންމެ މޮޅު ސަޕޯޓިން ބަތަލާ މޯޝަން ޕިކްޗާ: ރެޖީނާ ކިންގް (އިފް ބިއަލް ސްޓްރީޓް ކުޑް ޓޯކް)
* އެންމެ މޮޅު ސަޕޯޓިން ބަތަލު މޯޝަން ޕިކްޗާ: މެހެރްޝާލާ އަލީ (ގްރީން ބުކް)
* އެންމެ މޮޅު ސްކްރީންޕްލޭ މޯޝަން ޕިކްޗާ: ގްރީން ބުކް
* އެންމެ މޮޅު ބަތަލާ މޯޝަން ޕިކްޗާ/ޑްރާމާ: ގްލެން ކްލޯޒް (ދަ ވައިފް)
* އެންމެ މޮޅު މިއުޒިކަލް/ކޮމެޑީ: ގްރީން ބުކް
* އެންމެ މޮޅު ބަތަލު މިއުޒިކަލް/ކޮމެޑީ: ކްރިސްޓިއަން ބޭލް (ވައިސް)
* އެންމެ މޮޅު ބަތަލާ މިއުޒިކަލް/ކޮމެޑީ: އޮލީވިއާ ކޮލްމަން (ދަ ފެވަރިޓް)
* އެންމެ މޮޅު ސަޕޯޓިން ބަތަލު މިއުޒިކަލް/ކޮމެޑީ:
* އެންމެ މޮޅު އޮރިޖިނަލް ލަވަ މޯޝަން ޕިކްޗާ: ޝެލީ (އަ ސްޓާ އިޒް ބޯން)
* އެންމެ މޮޅު ބޭރު ފިލްމް: ރޯމާ
* އެންމެ މޮޅު އެނިމޭޓެޑް ފިލްމު: ސްޕައިޑަ-މޭން: އިންޓް ދަ ސްޕައިޑަ-ވާސް
* އެންމެ މޮޅު އޮރިޖިނަލް ސްކޯ މޯޝަން ޕިކްޗާ: ފަސްޓް މޭން
ފިލްމްތަކަށް ދޭ އެވޯޑްތަކުގެ އިތުރަށް ގޯލްޑެން ގްލޯބްސްގައި މި ފަހަރު ވާދަ ކުރި ޓީވީ އުފެއްދުންތަކަށް ބަލާ އިރު ޑްރާމާ ކެޓަގަރީން އެންމެ މޮޅު ޓީވީ ސިލްސިލާއަކަށް ހޮވުނީ "ދި އެމެރިކަންސް" އެވެ. އަދި ލިމިޓެޑް ސީރީޒްގެ އެވޯޑް ގެންދިޔައީ އެފްއެކްސްގެ "ދި އެސަސިނޭޝަން އޮފް ޖިއާނީ ވަސާޗޭ: އެމެރިކަން ކްރައިމް ސްޓޯރީ" އެވެ.
އެންމެ މޮޅު ކޮމެޑީ ސިލްސިލާގެ މަގާމު ގެންދިޔައީ ނެޓްފްލިކްސްގެ "ދަ ކޮމިންސްކީ މެތަޑް" އެވެ.
* ޓީވީ ފިލްމް އެންމެ މޮޅު ބަތަލު: ޑެރެން ކްރިސް (ދި އެސަސިނޭޝަން އޮފް ޖިއާނީ ވަސާޗޭ)
* ޓީވީ ފިލްމު އެންމެ މޮޅު ބަތަލާ: ޕެޓްރީޝިއާ އާކްއެޓް (އެސްކޭޕް އެޓް ޑެނެމޯރާ)
* ކޮމެޑީ ސިލްސިލާ އެންމެ މޮޅު ބަތަލު: މައިކަލް ޑަގްލަސް (ދަ ކޮމިންސްކީ މެތަޑް)
* ޓީވީ އެންމެ މޮޅު ޑްރާމާ އެކްޓަރު: ރިޗަޑް މެޑެން (ބޮޑީގާޑް)
* ކޮމެޑީ ސިލްސިލާ އެންމެ މޮޅު ބަތަލާ: ރެޗެލް ބްރޮސްނާހަން (ދަ މާވެލަސް މިސިޒް މެއިޒެލް)
* ޓީވީ ޑްރާމާ އެންމެ މޮޅު ބަތަލާ: ސަންޑްރޯ އޯ (ކިލިންގް އީވް)
* އެންމެ މޮޅު ސަޕޯޓިން ބަތަލާ ޓީވީ ފިލްމު: ޕެޓްރީޝިއާ ކްލާކްސަން (ޝާޕް އޮބްޖެކްޓްސް)
* އެންމެ މޮޅު ސަޕޯޓިން ބަތަލު ޓީވީ ފިލްމު: ބެން ވިޝޯ (އަ ވެރީ އިންގްލިޝް ސްކޭންޑަލް)
ގޯލްޑެން ގްލޯބްސް އެވޯޑް ހަފުލާ ހުށަހަޅައި ދިނީ ސަންޑްރާ އޯ އާއި އެންޑީ ސެމްބާގެވެ.