06 ޖެނުއަރީ 2019 - 22:26

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ނުރަސްމީ ދަތުރުފުޅެއްގައި ސްރީ ލަންކާ އަށް ކުރެއްވި ދަތުރުފުޅަށް ފަހު މިރޭ ރާއްޖެ ވަޑައިގެންފި އެވެ.
ރައީސް ލަންކާ އަށް ވަޑައިގަތީ ބުރާސްފަތިދުވަހު އެވެ.
މިއީ ނޮވެމްބަރު 17 ގައި ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ރައީސް ރާއްޖެ އިން ބޭރަށް ކުރެއްވި ފުރަތަމަ އަމިއްލަފުޅު ދަތުރުފުޅެވެ. ބެލެވޭ ގޮތުގައި ރައީސް ލަންކާ އަށް ވަޑައިގަތީ އެމަނިކުފާނުގެ އާއިލާގެ ބައެއް ބޭފުޅުންނާ ބައްދަލުކުރެއްވުމަށެވެ. ރައީސްގެ މަންމާފުޅު ދިރިއުޅުއްވަނީ ސްރީ ލަންކާގަ އެވެ.