06 ޖެނުއަރީ 2019 - 20:11

ކ. މާފުށީ ޖަލުގައި މިއަދު ގައިދީންތަކެއް މާރާމާރީ ހިންގައި ތިން މީހަކު ޒަހަމްވެއްޖެ އެވެ.
ޖަބަލަހައްޓާ ކަރެކްޝަންސުން ބުނީ ތިން ގައިދީއަކަށް އަނިޔާވުމުން އެ ގައިދީންގެ އާއިލާތަކަށް މިހާރު އެކަން އަންގާފައިވާ ކަމަށެވެ. އަދި އެއްވެސް ގައިދީއެއްގެ ފުރާނަ އަށް ނުރައްކާވާ ވަރުގެ އަނިޔާއެއް ނުލިބޭ ކަމަށް ބުންޏެވެ. އަދި ބުނީ މައްސަލަ ތަހުގީގުކުރަން ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިއަދު އިރުއޮއްސި 6 ޖަހާކަންހާއިރު މާފުށީ ޖަލުގައި މާރާމާރީއެއް ހިންގި މައްސަލައެއް ހުށަހެޅުމުން އެކަން ބަލަމުން އަންނަ ކަމަށެވެ.
"ފުލުހުން އެޓެންޑްވެ ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަނީ،" މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
އަޑު ފެތުރިފައިވާ ގޮތުގައި. މާރާމާރީ ހިންގީ ތޫނު އެއްޗެއް ބޭނުންކޮށްގެންނެވެ.