06 ޖެނުއަރީ 2019 - 16:51

ބެއިޖިން (ޖެނުއަރީ 6) - ޗައިނާގައި މުސްލިމުން އުޅެންވީ ގޮތުގެ ގާނޫނީ ފާސްކޮށްފި އެވެ.
ޗައިނާގައި އިނގިރޭސި ބަހުން ނެރޭ ނޫހެއް ކަމަށްވާ "ގްލޯބަލް ޓައިމްސް" އިން ބުނެފައި ވަނީ ސަރުކާރުގެ އޮފިޝަލުން ވަނީ މުސްލިމް އަށް ޖަމާއަތަކާ ބައްދަލުކޮށްފައި ކަމަށެވެ. އަދި ގާނޫނު ފާސްކޮށްފައި ވަނީ އޭގެ ފަހުން ކަމަށް ބުނެފައިވެ އެވެ. ނަމަވެސް އެ ޖަމިއްޔާތަކުގެ ނަން ހާމަކޮށްފައެއް ނުވެ އެވެ.
ޗައިނާ އިން މުސްލިމުން އުޅެންވީ ގޮތުގެ ގާނޫނެއް ފާސްކޮށްފައި މި ވަނީ ކުރިއަށް އޮތް ފަސް އަހަރު ތެރޭ މުސްލިމުން ޗައިނާގެ މުޖްތަމައާ ގުޅޭ ގޮތަށް އުޅެން މުޖްބޫރު ކުރުވުމަށް ކަމަށްވެ އެވެ.
ޗައިނާގައި ފަހަކަށް އައިސް ވަނީ މުސްލިމުންނާ މެދު ހަރުކަށިވާން ފަށައިފަ އެވެ. ޗަައިނާގެ ބައެއް ހިސާބުތަކުގައި އިސްލާމް ދީނަށް އުޅުން ވަނީ މަނާކޮށްފަ އެވެ. ނަމާދުކޮށް، ރޯދާ ހިފާ އަދި ތުނބުޅި ދިގުކޮށްގެން އުޅޭ މުސްލިމުންނާއި މޫނު ބުރުގާ އަޅާ މީހުން ހައްޔަރު ކުރުމުގެ ބިރު އޮވެ އެވެ.
އދ. އިން ލަފާކުރާ ގޮތުގައި އުއިގާރު މުސްލިމުންގެ އެއް މިލިއަން މީހުން ޗައިނާ އިން ވަނީ ބަންދުކޮށްފަ އެވެ. ނަމަވެސް ޗައިނާ އިން ވަނީ އެކަން ދޮގުކޮށްފަ އެވެ. ނަމަވެސް ސައުތު ޗައިނާ މޯނިން ޕޯސްޓުން ބުނެފައި ވަނީ މިދިޔަ ހަފުތާގައި އެކަނި ވެސް ވަނީ، މިއަންމާ ބޯޑަރުގައި އޮންނަ ޔުނާން ޕްރޮވިންސް އިން ތިން މިސްކިތް ބަންދުކޮށްފައި ކަމަށެވެ.