ކުޅުދުއްފުށީ ހޮސްޕިޓަލުގެ އެއްބަސްވުން ބާތިލެއް ނުކުރޭ؛ ހައްލު ހޯދަނީ
ކުޅުދުއްފުށީ ހޮސްޕިޓަލުގެ އެއްބަސްވުން ބާތިލެއް ނުކުރޭ؛ ހައްލު ހޯދަނީ

ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ތަރައްގީކޮށް ހިންގަން، އިންޑިއާގެ ނޫރުލް އިސްލާމް އިންޓަނޭޝަނަލް (އެންއައިއައި)އާ އެކު ވެފައިވާ އެއްބަސްވުން މިދިޔަ ސަރުކާރުން ބާތިލްކޮށްފައި ނުވާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލުގެ އެއްބަސްވުން ބާތިލެއް ނުކުރޭ؛ ހައްލު ހޯދަނީ
ކުޅުދުއްފުށީ ހޮސްޕިޓަލުގެ އެއްބަސްވުން ބާތިލެއް ނުކުރޭ؛ ހައްލު ހޯދަނީ

އިންޑިއާގެ ނިމްސް ހޮސްޕިޓަލް ވެސް ހިންގާ ނޫރުލް އިސްލާމް އެޑިއުކޭޝަނަލް ޓްރަސްޓްގެ 80 ޕަސެންޓް ހިއްސާ އޮންނަ އެންއައިއައިއާ ކުޅުދުއްފުށީ ހޮސްޕިޓަލް ހަވާލުކުރީ 50 އަހަރަށެވެ. އެކަމަކު އެ ކުންފުނީގެ ދެ ހިއްސާދާރުން ކަމަށްވާ ފައިޒަލް ޚާން އާއި އަލީ އުސައިދާ ދެމެދު އުފެދުނު މައްސަލަތަކަކާ ހެދި އެއްބަސްވުމާ އެއްގޮތަށް ހޮސްޕިޓަލް ނުހިންގި، ޚިދުމަތުގެ ފެންވަރު ވަރަށް ބޮޑަށް ދަށްވި އެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލުގެ އެއްބަސްވުން ބާތިލެއް ނުކުރޭ؛ ހައްލު ހޯދަނީ
ކުޅުދުއްފުށީ ހޮސްޕިޓަލުގެ އެއްބަސްވުން ބާތިލެއް ނުކުރޭ؛ ހައްލު ހޯދަނީ

އައިޖީއެމްއެޗު ފިޔަވައި އެންމެ ގިނަ ބަޔަކު ޚިދުމަތް ހޯދާ ކުޅުދުއްފުށީ ހޮސްޕިޓަލުގެ މައްސަލަތައް ހައްލުކުރަން ސަރުކާރުން ދިން މުއްދަތުގައި އެންއައިއައި އަށް އެކަން ނުވުމުން، އެޓާނީ ޖެނެރަލްގެ ލަފަޔާ އެކު އެއްބަސްވުން އުވާލުމުގެ މަސައްކަތް މިދިޔަ ސަރުކާރުގައި ކުރި އެވެ.

މިނިސްޓަރު އަމީން "މިހާރު" އަށް ވިދާޅުވީ ކުޅުދުއްފުށީ ހޮސްޕިޓަލުގެ މައްސަލަ ހައްލުކުރަން ކޮށްފައިވާ މަސައްކަތެއް ނުވަތަ މަޝްވަރާތަކެއް ނިޒާމުގެ ތެރޭގައި ލިޔެކިޔެމުން ފެންނަން ނެތް ކަމަށެވެ. އެ މައްސަލަ ހައްލުކުރުމުގައި އޭރު ސީދާ މިނިސްޓްރީގެ ދައުރެއް ނެތް ކަމަށާއި އެކަމުގައި މީހުން ބައިވެރިކޮށްފައި ވަނީ ފަރުދީ ގޮތުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"މައްސަލަ ހައްލުކުރުމުގެ ވާހަކަތަކެއް، ސިލޯނުގައި ވެސް ހިނގި ކަމަށް ވަނީ. އެ މައްސަލައިގެ ތަފްސީލުތަކެއް ނެތް. އެގްރިމެންޓް، އޭގެ ޒާތުގައި ރަސްމީ ސިފައެއްއްގައި ބާތިލްކޮށްފައެއް ވެސް ނެތް،" އަމީން ވިދާޅުވި އެވެ.

"އެއްބަސްވުން އޮތް ގޮތުން ވަރަށް ބޮޑެތި މައްސަލަތަކެއް އެބަހުރި،"

ކުޅުދުއްފުށީ ހޮސްޕިޓަލް ހިންގަން އެންއައިއާ އެކު ވެފައިވާ އެއްބަސްވުން ބާތިލްކޮށްފި ނަމަ ސަރުކާރުން ބަދަލުދޭން ޖެހެ އެވެ. މައްސަލަ އަށް ހައްލެއް ހޯދުމުގެ މަސައްކަތް އަލުން ފަށާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ސަރުކާރުން ކަށަވަރުކޮށްދޭ ކަމަކީ ކުޅުދުއްފުށީ ހޮސްޕިޓަލް ޓާޝަރީ ހޮސްޕިޓަލަކަށް ބަދަލުވާނެ ކަން. މައްސަލަ ކޮންމެ ގޮތަކަށް ދިޔަ ނަމަވެސް ހޮސްޕިޓަލްގެ ތަރައްގީ އަށް ބަދަލެއް ނާންނާނެ،" އަމީން ވިދާޅުވި އެވެ.

ހޮސްޕިޓަލް ތަރައްގީ ކުރަން އެންއައިއައި އިން ބައެއް މެޝިނަރީޒްތައް ގެނެސްފައިވީ ނަމަވެސް ހޮސްޕިޓަލް ހިންގުމުގައި މިވަގުތު އެ ކުންފުނީގެ އެއްވެސް ދައުރެއް ނެތެވެ. ހެލްތު މިނިސްޓްރީގެ ބެލުމުގެ ދަށުން ހޮސްޕިޓަލް ހިންގަމުން އަންނައިރު ހިދުމަތަށް ބޫރޫއެރުން ފަދަ ކަމެއް ދިމާވިޔަ ނުދެއްވާނެ ކަމުގެ ޔަގީން ކަން ވެސް މިނިސްޓަރު ދެއްވި އެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލުން މިހާރު ޚިދުމަތް ދެމުން އަންނަ ގޮތާ މެދު މިނިސްޓަރު ހިތްހަމަޖެހިވަޑައެއް ނުގަނެ އެވެ. މިނިސްޓަރު ކަމާ ހަވާލުވެވަޑައިގަތުމަށް ވެސް އެ ހޮސްޕިޓަލަށް އޭނާ ވަޑައިގެން ކަންކަން ބެއްލެވި އެވެ.

އަމީން ވިދާޅުވީ އެތަނުގައި ހުރި ވަސީލަތްތަކުން ވެސް މިހާރަށް ވުރެން ރަނގަޅަށް ޚިދުމަތް ދެއްވޭނެ ކަން ފާހަގަކުރެއްވި އެވެ. ޑޮކްޓަރަށް ދައްކަން ނަމްބަރެއް ނެގުމަށް، ކައިރި ރަށްތަކުން ދަތުރެއް ކޮށްފައި ކުޅުދުއްފުއްޓަށް ދާން ޖެހޭ ގޮތަށް އޮތުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް ވިދާޅުވި އެވެ. އެ ހާލު ރައްޔިތުންނަށް ނުޖައްސައި އެއަށް ވުރެން ލުއި ފަސޭހަ ގޮތެއް ހޯދޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލް ތަރައްގީ ކުރުމަށް ގެންނަން ޖެހޭ ބަދަލުތައް ހެލްތު މިނިސްޓްރީން އަންނަނީ ބަލަމުންނެވެ.