21 އޯގަސްޓް 2016 - 13:04

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރަ، މުޅި މި ހަފުތާ އަށް ވެސް ދެމިގެން ހިނގައިދާނެ ކަމަށް ލަފާކުރެވޭ ކަމުގައި މެޓް އޮފީހުން މިއަދު ބުނެފި އެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ އިން ބުނީ ރާއްޖެ ސަރަހައްދުގައި އުފެދިފައިވާ ލޯ ޕްރެޝާ ޓްރަފްގެ ސަބަބުން ކުރާ ވިއްސާރާގައި ކަނޑު ވެސް ގަދަވާނެ އެވެ.
ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރަން މި ފެށީ، އަަވި ގަދަ، މޫސުމް ރީތި ދުވަސްތަކަކަށް ފަަހު އެވެ.
މެޓުން ބުނި ގޮތުގައި ދެކުނުގެ އަތޮޅުތަކަަށް ހުޅަނގާއި ހުޅަނގު ދެކުނުން ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި އަދި އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ އެވެ.
ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައި ގަދަވާނެ ކަމަށް މެޓުން ލަފާކުރެ އެވެ.
މި ވިއްސާރައިގައި އުތުރަށް ވުރެ ދެކުނު ސަރަހައްދުގެ ކަނޑުތައް ގަދަވާނެ ކަމަށް ބެލެވެ އެވެ.