04 ޖެނުއަރީ 2019 - 12:10

ސިނަމާލެ ބްރިޖާ ގުޅިފައިވާ ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުކުރެވިގެން ގޮސް، ފުރޮޅާލައިފި އެވެ.
މިއަދު ހެނދުނު އެ ހާދިސާ ހިނގިއިރު ކާރުގައި އިނީ އެންމެ މީހެކެވެ. އެކަމަކު އޭނާއަށް އެއްވެސް ގެއްލުމެއް ނުލިބޭ ކަމަށް ފުލުހުން ބުންޏެވެ.
އެ ހާދިސާ ހިނގީ ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ އެ ކާރު ކޮންޓްރޯލް ނުކުރެވި ގޮސް، ހައިވޭގެ ފެންސްގައި ޖެހިގެންނެވެ. އެ ހާދިސާގައި ފެންސަށް ވެސް ކޮންމެވެސް ވަރަކަށް ގެއްލުންވި އެވެ.
ސިނަމާލެ ބްރިޖާއި އެ ބްރިޖާ ގުޅިފައިވާ ހައިވޭގައި ފަހަކަށް އައިސް ގިނަ އެކްސިޑެންޓްތަކެއް ހިނގައި، މީހުންނަށް އެކި ވަރުގެ އަނިޔާތައް ވަނީ ލިބިފަ އެވެ.