03 ޖެނުއަރީ 2019 - 20:11

މާލެއިން ފުރައިގެން އދ. ދިގުރަށަށް ދަތުރުކުރަަނިކޮށް ދިޔަވި ލޯންޗަކުން 42 މީހުން މިއަދު ސަލާމަތްކޮށްފި އެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ "ފަޒާސް 5" ނަމަކަށް ކިޔާ ލޯންޗެއް ފަޅައިގެން ގޮސް އދ. މަހިބަދޫ އިރު ދެކުނުން ފަސް މޭލު ބޭރުން ދިޔަ ވަމުން ދާތީ ހަވީރު 5:38 ގައި ރިޕޯޓުކޮށްފައިވާ ކަމަށެވެ.
ފުލުހުންނާއި މަހިބަދޫ ލޯންޗެއްގެ އެހީތެރިކަމާއެކު އެމީހުން މިހާރު ވަނީ ދަނގެއްޗަށް ގެންގޮސްފަ އެވެ. އަދި އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބޭ ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.
ލޯންޗުގައި ދިވެހީންގެ އިތުރުން ބިދޭސީން ވެސް ތިއްބެވެ. އޭގެ ތެރޭގައި 14 އަންހެނުންނާއި ހަތަރު ކުޑަކުދިން ހިމެނެ އެވެ.