މަޖޫރީން ތިބެން އެމްޕީއެލް ސަރަހައްދުގައި ތަނެއް ހަދަނީ
މަޖޫރީން ތިބެން އެމްޕީއެލް ސަރަހައްދުގައި ތަނެއް ހަދަނީ

އެމްޕީއެލް ސަރަހައްދުގައި މަސައްކަތް ކުރަމުން އަންނަ މަޖޫރީން ހިތްފަސޭހަކޮށްލަން ތިބޭނެ ހާއްސަ ސަރަހައްދެއް ތަރައްގީ ކުރުމުގެ މަސައްކަތް އެ ކުންފުނިން މިއަދު ފަށައިފި އެވެ.

މަޖޫރީން ތިބެން އެމްޕީއެލް ސަރަހައްދުގައި ތަނެއް ހަދަނީ
މަޖޫރީން ތިބެން އެމްޕީއެލް ސަރަހައްދުގައި ތަނެއް ހަދަނީ

މަޖޫރީންނަށް ޖޯލިފަތިތަކެއް ހަދިޔާކުރަަން މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތަށް ފަހު، ނޫސްވެރިންނާ ވާހަކަދައްކަވަމުން އެމްޕީއެލްގެ ސީއީއޯ މުހައްމަދު ޖުނައިދު ވިދާޅުވީ މަޖޫރީން އިށީންނާނެ ތަނެއް ނުލިބިގެން ވަރަށް ދަތި ހާލުގައި އުޅޭކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

މަޖޫރީން ތިބެން އެމްޕީއެލް ސަރަހައްދުގައި ތަނެއް ހަދަނީ
މަޖޫރީން ތިބެން އެމްޕީއެލް ސަރަހައްދުގައި ތަނެއް ހަދަނީ

އެހެންވެ އެ ކުންފުނިން ނިންމީ މަޖޫރީންނަށް ހިތްފަސޭހަ ތަނެއް އެމްޕީއެލް ސަރަހައްދުގައި އެ ކުންފުނިން ހަރަދުކޮށްގެން ހަދަން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ ކުންފުނިން މަޖޫރީންނަށް ޖޯލިފަތިތަކެއް ހަދިޔާ ކުރުމަކީ އެކަމުގެ ފެށުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެމްޕީއެލްގެ ވިސްނުން ހުރީ ބީއެމްއެލް ބްރާންޗު ކުރިމަތިން އެމްޕީއެލް ސަރަހައްދުގައި ހުރި ފާރު ވައްޓާލައި، އެތަނުގައި ތަށިމުށި ޖަހައި ގޮނޑި އަތުރާ ގޮތަށެވެ.

ޖުނައިދު ވިދާޅުވި ގޮތުގައި ހިދުމަތް ހޯދަން ދުވާލެއްގެ މައްޗަށް އެމްޕީއެލް ސަރަހައްދަށް ދާ އެންމެންނަށް އެއް ފަހަރާ ބޭނުންކުރެވޭނެ ތަނެއް ނުހެދިދާނެ އެވެ. އެކަމަކު އެމްޕީއެލްގެ އަމާޒަކީ ގިނަ ބަޔަކަށް ފަސޭހަކަމާ އެކު ވަގުތު ހޭދަަަކުރެވޭނެ ތަނެއް ހެދުން ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ސަރަހައްދު ތަރައްގީކުރުމުގެ މަސައްކަތް ފަށައި، މި ތަނަކީ މަޖޫރީން އިށީނދެ ތިބުމަށް ހިތްފަސޭހަ ތަނަކަށް ހަދާނަން. ގަސްތަކުގެ ހިޔަލުގައި ތިބެވޭނެ އިންތިޒާމު ވަރަށް ރަނގަޅަށް ހެދިގެންދާނެ،" ޖުނައިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މަޖޫރީން ތިބޭ ސަރަހައްދު ތަރައްގީކުރަން ހައުސިން މިނިސްޓްރީގެ ހުއްދައަކަށް އެދުމުން އެ މިނިސްޓްރީން ވަރަށް "ޕޮޒިޓިވް" ޖަވާބެއް ދީފައިވާ ކަމަށެވެ. އެ ގޮތުން އެމްޕީއެލުން ކުރެހުންތައް ހައުސިން މިނިސްޓްރީއަށް މިހާރު ހުށަހަޅާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.