އުއްމީދީ ކޭމްޕް ކާމިޔާބު، މުޖުތަމައުން ކުދިން ބަލައިގަަތުމަށް އެދެން: މިނިސްޓަރު
އުއްމީދީ ކޭމްޕް ކާމިޔާބު، މުޖުތަމައުން ކުދިން ބަލައިގަަތުމަށް އެދެން: މިނިސްޓަރު

ވިޔާނުދާކޮށް މަގުމަތީގައި އުޅެމުންދިޔަ 18 އަހަރުން ދަށުގެ 19 ކުއްޖަކަށް ދ. ވާނީގައި ހިންގި ކޭމްޕު ވަރަށް ކާމިޔާބު ކަމަށާއި މުޖުތަމައުން އެކުދިން އަލުން ބަލައިގަންނަން ޖެހޭނެ ކަމަށް ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ރޭ ވިދާޅުވެއްޖެ އެވެ.

އުއްމީދީ ކޭމްޕް ކާމިޔާބު، މުޖުތަމައުން ކުދިން ބަލައިގަަތުމަށް އެދެން: މިނިސްޓަރު
އުއްމީދީ ކޭމްޕް ކާމިޔާބު، މުޖުތަމައުން ކުދިން ބަލައިގަަތުމަށް އެދެން: މިނިސްޓަރު

ދެ މަސް ދުވަހު ވާނީގައި ހިންގި ކޭމްޕް ނިންމަން އިސްކަންދަރު ކޮށީގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުން އަޒްލީން ވިދާޅުވީ ކޭމްޕަށް ދިޔަ ކުދިންގެ ދިރިއުޅުން ވަރަށް ބޮޑަށް ބަދަލުވެފައިވާ ކަމަށާއި އެ ކުދިން ހެޔޮ މަގުގައި ތިބުމަށް މުޖުތަމައުގެ އެއްބާރުލުން ބޭނުންވާ ކަމަށެވެ.

އުއްމީދީ ކޭމްޕް ކާމިޔާބު، މުޖުތަމައުން ކުދިން ބަލައިގަަތުމަށް އެދެން: މިނިސްޓަރު
އުއްމީދީ ކޭމްޕް ކާމިޔާބު، މުޖުތަމައުން ކުދިން ބަލައިގަަތުމަށް އެދެން: މިނިސްޓަރު

"މިއީ ތިޔަ ބޭފުޅުންނަށް ދެ ވަނަ ފަހަރަށް ލިބުނު ދަރިން. އެހާވެސް ރަނގަޅަށް ތަރުބިއްޔަތު ކުރެވިފައި މިހުރީ. މުޖުތަމައުގައި މިހާރު ހުރި ކުދިންނާއި މި ކުދިންނާ އެއްވެސް ތަފާތެއް ނެތް،" އަޒްލީން ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އުއްމީދީ ކޭމްޕުގައި ބައިވެރިވި ކުދިންނާ އިއްޔެ ބައްދަލުކުރި ކަމަށާއި މުސްތަގުބަލާ މެދު އެ ކުދިން ދެކޭ ގޮތް ބަލާފައިވާ ކަމަށެވެ. އަދި ކުދިންގެ ދިރިއުޅުމަށް އައިސްފައިވާ ބަދަލުތައް ވަރަށް ބޮޑަށް ދެނެގަނެވިފައިވާ ކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

މިިދިޔަ ޖޫން 18 އިން ފެށިގެން މި މަހުގެ 18 ވަނަ ދުވަހާ ހަމައަށް ބޭއްވި ކޭމްޕުގައި ބައިވެރިވި ކުދިންނަށް ތަމްރީނު ދިނީ ސިފައިންނާއި ކަރެކްޝަނަލް ސާވިސް އާއި ޖުވެނަލް ޖަސްޓިސް ޔުނިޓް އަދި ފުލުހުން ގުޅިގެންނެވެ.

މި ކުދިންނަށްް އެއް އަހަރު ދުވަހުގެ އިންޓާންޝިޕެއްގައި ބައިވެރިކުރަން ވެސް ވަނީ ނިންމައިފަ އެވެ. އެ އިންޓާންޝިޕްގެ ތެރޭގައި ވަޒީފާ އާއި މުޖުތަމައުގެ ތެރޭގައި އުޅޭނެ ގޮތްތައް ދަސްކޮށްދޭނެ އެވެ.