މާމެންދޫގައި ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެ
މާމެންދޫގައި ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެ

ގއ. މާމެންދޫގައި މިރޭ ދެ ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ޒުވާން ފިރިހެނަކު މަރުވެއްޖެ އެވެ.

މާމެންދޫން "މިހާރު" އާ ވާހަކަ ދެއްކި މީހަކު ބުނީ އެ ރަށު ބޮޑު މަގުގައި، ނުރައްކާތެރި އެކްސިޑެންޓު ހިނގީ މިރޭ 8:30 ހާއިރު ކަމަށެވެ.

އެކްސިޑެންޓުގައި މަރުވީ އެ ރަށާ ޖެހިގެން އޮންނަ ވިލިނގިލީ މީހެއް ކަމަށްވެ އެވެ. ބޮޑުބެރު ގްރޫޕެއްގައި އުޅޭ އެ މީހާ މާމެންދޫ އަށް ދިޔައީ އާ އަހަރުގެ ޝޯއެއް ދިނުމަށް ކަމަށް ވަނީ އެނގިފަ އެވެ. ފޮޓޯއިން ފެންނަ ގޮތުގައި އެ މީހާ އޮތީ ޝޯ އަށް ދާން ތައްޔާރުވެ އުނަގަނޑުގައި، ފޮށާ ޑިޒައިންގެ މުންޑެއް ވެސް އޮޅާލައިގެންނެވެ.

މި އެކްސިޑެންޓުގައި އިތުރު ދެ މީހަކަށް ވެސް އަނިޔާވި އެވެ. އެކަމަކު އެމީހުންގެ އަނިޔާ ސީރިއަސް ނޫން ކަމަށް އެނގިފައިވެ އެވެ.

އެކްސިޑެންޓުގައި މީހުންނަށް ލިބުނު ޒަހަމުގެ މައުލޫމާތު މާމެންދޫ ސިއްހީ މަރުކަޒަކުން ނުދިނެވެ. އަދި ފުލުހުން ފޯނު ނުނަގާތީ ފުލުހުންގެ ބަހެއް ވެސް ލިބޭ ގޮތެއްނުވި އެވެ.