ފޭކް ޑިގްރީ އޮތް ޕާކިސްތާނުގެ ގައުމީ އެއާލައިނުގެ 50 މުވައްޒަފުން ވަކިކޮށްފި
ފޭކް ޑިގްރީ އޮތް ޕާކިސްތާނުގެ ގައުމީ އެއާލައިނުގެ 50 މުވައްޒަފުން ވަކިކޮށްފި

އިސްލާމްއާބާދު (ޑިސެމްބަރު 31) - ފޭކް ޑިގްރީ އޮތް 50 އަށް ވުރެ ގިނަ ކެބިން ކްރޫންނާއި ޕައިލެޓުން ޕާކިސްތާނުގެ ގައުމީ އެއާލައިނުން ވަކިކޮށްފި އެވެ.

ޕާކިސްތާން އިންޓަނޭޝަނަލް އެއާލައިންސް (ޕީއައިއޭ) އިން ކަނޑާލި މުވައްޒަފުންގެ ތެރޭގައި ތިން ޕައިލެޓުންނާއި 50 ކެބިން ކްރޫން ހިމެނެ އެވެ. އެއާލައިނުން ބުނީ މުވައްޒަފުން ވަކި ކުރީ ސުޕްރީމް ކޯޓުގެ ލަފަޔާ ވެސް އެކު ކަމަށެވެ.

އުއްތަމަ ފަނޑިޔާރު ސާގިބް ނިސާރުގެ ސަމާލު ކަމަށް ފޭކް ޑިގްރީގެ މައްސަލަ ގެނެސްފައި ވަނީ މި އަހަރުގެ ޖެނުއަރީ މަހު އެވެ. އެއާލައިންގެ ސްޓާފުންގެ ޑިގްރީތައް ވެރިފައިކޮށް ނިންމުމަށް ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުންގެ ބެންޗަކުން ސިވިލް އޭވިއޭޝަން އޮތޯރިޓީ އަށް މުހުމަތު ދީފައި ވަނީ މި މަހުގެ 28 ގެ ނިޔަލަށެވެ.