30 ޑިސެމްބަރ 2018 - 13:07

މޯލްޑިވްސް ޓްރެވަލް އެވޯޑް ގާލާ 2018 ޕެރެޑައިސް އައިލެންޑް ރިސޯޓުގައި ބުރާސްފަތި ދުވަހުގެ ރޭ ބާއްވައިފި އެވެ.
ދެހާސް ބާރަ ވަނަ އަހަރު އެންމެ ފުރަތަމަ ގާލާ އެވޯޑް ބޭއްވީ ވެސް ޕެރަޑައިސް ރިސޯޓުގަ އެވެ.
މޯލްޑިވްސް ޓްރެވަލް އެވޯޑުގެ ގާލާ އެޑިޝަނަކީ ރިސޯޓް، އެއާލައިން، ލިވްއެބޯޑް ފަަދަ ވިޔަފާރި ހިންގާ ފަރާތްތަކަށް ހާއްސަކޮށްގެން ކޮންމެ އަހަރުކު ވެސް ބާއްވާ ހަފްލާއެކެވެ. މި އަހަރުގެ 25 އެވޯޑަށް، 200 ފަރާތެއް ވަނީ ނަން ހުށަހަޅައިފަ އެވެ.
• ލީޑިންގް ސީއެސްއާރު ޕްރޮގްރާމް - ކްރައުން އެންޑް ޗަމްޕާ ރިސޯޓްސް
• ޕްރޮޕަޓީ ފޯ ލީޑީން ހިއުމަން ރީސޯސަސް މެނޭޖްމަންޓް - ވަން އެންޑް އޮންލީ ރީތިރަށް
• ލީޑިން މީޓީން އެންޑް ކޮންފަރެންސް ރިސޯޓް - ޕެރެޑައިސް އައިލެންޑް ރިސޯޓް
• ލީޑިން ޑައިވް/ވޯޓަ ސްޕޯޓްސް ސެންޓަ - ސަން ސިޔާމް ޑައިވިން
• ލީޑިން ވެލްނެސް އެންޑް ސްޕާ ރިސޯޓް - ސަން ސިޔާމް އިރުފުށި މޯލްޑިވްސް
• ލީޑިން އެއާޕޯޓް ހޮޓެލް - އީކުއޭޓަ ވިލެޖް
• ލީޑިން ޑައިވް ރިސޯޓް - ބަންޑޮސް މޯލްޑިވްސް
• ލީޑިން އީކޯ-ރިސޯޓް - ސިކްސް ސެންސަސް ލާމު
• ލީޑިން އިންޓަނޭޝަނަލް ކެރިއާ - ސްރީލަންކަން އެއާލައިންސް
• ލީޑިން ސާފް ރިސޯޓް - އަނަންތަރާ ދިގު މޯލްޑިވްސް ރިސޯޓް
• ލީޑިން ލިވްއެބޯޑް - ހޮރައިޒަން 3
• ލީޑިން ލިވްއެބޯޑް ބްރޭންޑް - ވޮޔޭޖަސް މޯލްޑިވްސް
• ލީޑިން ލޯކަލް ހޮޓެލް/ރިސޯޓް ބްރޭންޑް - ސަން އަކުއާ
• ލީޑިން އިންޓަނޭޝަނަލް ހޮޓެލް/ ރިސޯޓް ބްރޭންޑް - އަނަންތަރާ ހޮޓެލްސް ރިސޯޓް އެންޑް ސްޕާ
• ލީޑިން އޯލް އިންސްކްލޫސިވް ރިސޯޓް - ހުރަވަޅި ރިސޯޓް
• މޯސްޓް ސަޕޯޓިވް ރިސޯޓް - ޕެރެޑައިސް އައިލެންޑް ރިސޯޓް
• ނިއުކަމާ އޮފް ދި އިޔާ - ފެއާމައުންޓް މޯލްޑިވްސް ސިއްރު ފެންފުށި
• ލީޑިން ފެމިލީ ރިސޯޓް - އަމިއްލަ ފުށި
• ލީޑިން ޑިޒައިނާ ރިސޯޓް - ކަނޑިންމާ މޯލްޑިވްސް
• ލީޑިން އެފް އެންޑް ބީ ރިސޯޓް - ވަން އެންޑް އޮންލީ ރީތިރަށް
• ލީޑިން އެފް އެންޑް ބީ އައުޓްލެޓް - ލެ 1947، ޝެވަލް ބްލަންކް ރަންދެލި
• ލީޑިން ޕްރައިވެޓް އައިލެންޑް - ނަލަދޫ ޕްރައިވެޓް އައިލެންޑް މޯލްޑިވްސް
• ލީޑީން ބީޗް ރިސޯޓް - ކޮކޫން މޯލްޑިވްސް
• ލީޑިން ލަގްޒަރީ ރިސޯޓް - ޝެވަލް ބްލަންކް ރަންދެލި
• މޯސްޓް ރޮމޭންޓިކް ރިސޯޓް - ހުވަފެންފުށި
މޯލްޑިވްސް ޓްރެވަލް އެވޯޑް ގާލާ 2018 އަކީ މީގެ ހަ އަހަރު ކުރިން ފެށި އެވޯޑެކެވެ. އަދި މި އަހަރަކީ، 200 ފަރާތާ އެކު ގިނަ އެވޯޑްތަކަށް އެންމެ ގިނަ ފަރާތްތައް ނޯމިނޭޓްވި ފަހަރެެވެ.
މަޓާޓޯގެ ފަރާތުން 2012 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރުކުވެސް ބާއްވާ މޯލްޑިވްސް ޓްރެވަލް އެވޯޑަކީ ޓޫރިޒަމްގެ ދާއިރަގައި މަސައްކަތްކުރާ ފަރާތްތައް ފާހަގަކުރުމުގެ ގޮތުން ދޭ އެވޯޑެކެވެ. މޯލްޑިވްސް ޓްރެވަލް އެވޯޑް ގާލާގެ އިތުރުން މަޓާޓޯއިން ގެސްޓް ހައުސް ދާއިރާއަށް ހާއްސަ، 'ގެސްޓް ހައުސް އެޑިޝަން' އަދި ޓޫރިޒަމްގެ ދާއިރާގައި މަސައްކަތްކުރާ ވަކިވަކި ފަރުދުންނަށް ހާއްސަ 'ޕީޕަލްސް އެޑިޝަން' އެވޯޑްވެސް ބާއްވަ އެވެ.