20 އޯގަސްޓް 2016 - 18:19

ހުޅުމީދޫގައި ގާއިމުކޮށްފައިވާ ކުނި މެނޭޖް ކުރާ ސެންޓަރު އިތުރަށް ތަރައްގީ ކުރާނެ ބަޔަކު ހޯދަން އެންވަޔަރަމަންޓް މިނިސްޓްރީން އަލުން ބިޑަށް ހުޅުވާލައިފި އެވެ.
މިނިސްޓްރީން ބުނީ ބިޑް ހުށަހެޅުމުގެ ފުރުސަތު މިހާރު އަންނަ މަހުގެ 7 ވަނަ ދުވަހާ ހަމައަށް އޮންނާނެ ކަމަށެވެ.
ބިޑް ހުޅުވުން އޮންނާނީ ސެޕްޓެމްބަރު 8 ގަ އެވެ.
ބީލަމުގައި ބައިވެރިވާން ރަޖިސްޓްރޭޝަން ފީއެއްގެ ގޮތުގައި 500ރ. ދައްކަން ޖެހެ އެވެ.
އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ މި މަޝްރޫއުއަށް ކުރިމަތިލާ ފަރާތްތަކުން ބިޑް ސެކިއުރިޓީގެ ގޮތުގައި 15،000ރ. ހުށަހަޅަން ޖެހޭނެ ކަމަށެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުށަހަޅާ ތާރީހުން ފެށިގެން 119 ދުވަހެވެ.
ޕަފޯމަންސް ސެކިޔުރިޓީގެ ގޮތުގައި ކޮންޓްރެކްޓް އަގުގެ ފަސް ޕަސަންޓް ވެސް ހުށަހަޅަން ޖެހެ އެވެ.
ހުޅުމީދޫގައި ގާއިމުކޮށްފައިވާ ވޭސްޓް މެނޭޖްމަންޓް ސެންޓަރަކީ ވޯލްޑް ބޭންކުގެ ހިލޭ އެހީގައި ހިންގަމުންދާ ކްލައިމެޓް ޗޭންޖް އެޑެޕްޓޭޝަން ޕްރޮޖެކްޓުގެ (ސީސީއޭޕީ) ގެ ދަށުން ހިންގާ މަޝްރޫއެކެވެ.