އަފްޣާނިސްތާނުގެ މުހިންމު އަވަށެއް ތާލިބާނުން ހިފައިފި
އަފްޣާނިސްތާނުގެ މުހިންމު އަވަށެއް ތާލިބާނުން ހިފައިފި

ކާބުލް (އޮގަސްޓް 20) - އަފްޣާނިސްތާނުގެ އުތުރުގެ ކުންދޫޒް ޕްރޮވިންސްގެ މުހިންމު އަވަށެއް ތާލިބާން ހަނގުރާމަވެރިން ހިފައިފި އެވެ.

އަފްޣާނިސްތާނުގެ މުހިންމު އަވަށެއް ތާލިބާނުން ހިފައިފި
އަފްޣާނިސްތާނުގެ މުހިންމު އަވަށެއް ތާލިބާނުން ހިފައިފި

ކުންދޫޒުގެ އަވަށަށް ތާލިބާނުން އެކި ދިމަދިމާލުން ހަމަލާ ދޭން ފެށުމާ އެކު އެ ސިޓީގައި ތިބީ ސަރުކާރު ސިފައިން ވަނީ އަމާންދީފަ އެވެ. ތާލިބާނުންގެ އަތް މައްޗަށް އެ އަވަށް ދޫވީ ސަރުކާރު ސިފައިންގެ އަތުގައި އެކަށީގެންވާ މިންވަރަށް ހަތިޔާރު ނެތުމުން ކަމަށް ބައެއް ފަރާތްތަކުން ބުނެ އެވެ.

އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ ބައިނަލްއަގުވާމީ ސިފައިންގެ ލަޝްކަރުގެ މަސައްކަތް 2014 ވަނަ އަހަރު ހުއްޓާލި ފަހުން ތާލިބާނުން ވަނީ ބައެއް ސިޓީތައް ހިފަން ފަށައިފަ އެވެ. އަފްޣާނިސްތާނުގެ 34 ޕްރޮވިންސްގެ ތެރޭން ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ޕްރޮވިންސްގައި ތާލިބާނުންނާ ދެކޮޅަށް އަފްޣާން ސިފައިން ދަނީ ހަމަލާ ދެމުންނެވެ. މިދިޔަ ހަފުތާގައި ތާލިބާނުން ވަނީ ބަގުލާން ޕްރޮވިންސްގެ މުހިންމު އަވަށެއް ވެސް ހިފައިފަ އެވެ.

"އެ އަވަށުގެ އެކި ދިމަދިމާލުން ތާލިބާނުން ދިޔައީ ހަމަލާ ދެމުން. އެކަމަކު އިތުރު ސަޕޯޓް ނުލިބުމުން އެ އަވަށް ތާލިބާނުންގެ ބާރުގެ ދަށަށް ދިޔައީ،" އަވަށުގެ އެޑްމިނިސްޓްރޭޓަރު ހަޔާތުﷲ އާމިރީ ރޮއިޓާސް އަށް ވިދާޅުވި އެވެ.

ތާލިބާނުންގެ ތަރުޖަމާނެއް ކަމަށްވާ ޒަބީހުﷲ މުޖާހިދު ބުނީ އަވަށް ހިފިއިރު ވަރަށް ގިނަ ހަތިޔާރާއި އަސްކަރީ ވެހިކަލްތައް ވެސް އަތުލާފައިވާ ކަމަށެވެ.

"މައި ސަރުކާރުން ކުންދޫޒަށް ސަމާލުކަން ނުދެންޏާ މުޅި އެ ސިޓީ އެކުގައި ތާލިބާނުން ހިފާނެ،" ކުންދޫޒް ޕްރޮވިންޝަލް ކައުންސިލްގެ ރައީސް މުހައްމަދު ޔޫސުފް އައްޔޫބީ ވިދާޅުވި އެވެ.

އަފްޣާނިސްތާނުގެ އެންމެ ބޮޑު ސިޓީ ކަމަށްވް ކުންދޫޒް މިދިޔަ އަހަރު ވެސް ވަނީ ތާލިބާނުންގެ ބާރުގެ ދަށަށް ގެންގޮސްފަ އެވެ. އަދި އެ ސިޓީން ވަނީ އެ މީހުންގެ 600 އަށް ވުރެ ގިނަ ކުށްވެރިން މިނިވަންކޮށްފަ އެވެ.