ދަރިން ހޯދާ އާއިލާތަކަށް ޖަޕާނުގެ އަވަށަކުން މާލި އެހީ
ދަރިން ހޯދާ އާއިލާތަކަށް ޖަޕާނުގެ އަވަށަކުން މާލި އެހީ

އޭޝިއާގެ އެންމެ ތަރައްގީވެފައިވާ ގައުމުތަކުގެ ތެރޭގައި ހިމެނޭ ޖަޕާނަކީ އުފަންވާ ރޭޓް ދަށްވެ މުސްކުޅި އާބާދީ ބޮޑު ގައުމެކެވެ. މިކަމުގެ ސަބަބުން އެ ގައުމަށް ކުރިމަތިވަމުންދާ އިޖުތިމާއި އަދި އިގުތިސާދީ މައްސަލަތައް ވެސް ގިނަ އެވެ.

ދަރިން ހޯދާ އާއިލާތަކަށް ޖަޕާނުގެ އަވަށަކުން މާލި އެހީ
ދަރިން ހޯދާ އާއިލާތަކަށް ޖަޕާނުގެ އަވަށަކުން މާލި އެހީ

ގައުމުގެ އާބާދީ ޒުވާންކުރުމާ އެކު، ގިނަ ދަރިން ހޯދަން ހިތްވަރު ދިނުމުގެ ގޮތުން ޖަޕާނުގެ އަވަށަކުން މިހާރު އަންނަނީ އާއިލާތަކަށް މާލީ އެހީތެރިކަން ވެސް ފޯރުކޮށް ދެމުންނެވެ.

ދަރިން ހޯދާ އާއިލާތަކަށް ޖަޕާނުގެ އަވަށަކުން މާލި އެހީ
ދަރިން ހޯދާ އާއިލާތަކަށް ޖަޕާނުގެ އަވަށަކުން މާލި އެހީ

މިއީ އެންމެ 6،000 މީހުންގެ އާބާދީއެއް އޮތް ނާގީ އެވެ. މިއީ ދަނޑުވެރިކަންކުރާ، ފެހިކަން ގަދަ، ހިތަށް އުފާވެރިކަން ގެނުވައިދޭ، ހިތްފަސޭހަ ދިރިއުޅުމެއް ލިބޭނެ އަރާމު އަވަށެކެވެ.

ދަރިން ހޯދާ އާއިލާތަކަށް ޖަޕާނުގެ އަވަށަކުން މާލި އެހީ
ދަރިން ހޯދާ އާއިލާތަކަށް ޖަޕާނުގެ އަވަށަކުން މާލި އެހީ

ޖަޕާނުގެ ކާރޫބާރު ބޮޑު ސިޓީތަކުގައި ކުދިކުދި ތަންތަންކޮޅުގައި ތޮއްޖެހިގެން ދިރިއުޅުން ބޮޑު ތަކުލީފަކަަށްވެގެން އުޅުނު ބައެއް އާއިލާތައް މިހާރު ވަނީ ނާގީ އަށް ހިޖުރަކޮށްފަ އެވެ. އޭގެ ތެރެއިން އެއް އާއިލާއަކީ އަލަތު ދަރިފުޅު ލިބުނު އިރު ކުޑަކުޑަ އެޕާޓްމަންޓެއްގައި އުޅުނު ކަޓްސުނޯރީ އާއި ކައޯރީ އޮސާކާ އެވެ.

ނަގޯޔާގެ ދިރިއުޅުން ބޮޑު ބުރައަކަށްވެގެން އެ އާއިލާ 14 އަހަރު ފަހުން މިހާރު ތިބީ ނާގީގަ އެވެ. އާއިލާ އަށް މިހާރު ކުދިން އިތުރު ވެސް ވެއްޖެ އެވެ. މިހާރު ކަޓްސުނޯރީ އާއި ކައޯރީގެ ހަތަރު ކުދިން އެބަ ތިއްބެވެ.

ދަރިން ހޯދާ އާއިލާތަކަށް ނާގީން މާލީ އެހީތެރިކަން ފޯރުކޮށްދޭތީ ގިނަ ދަރިން ހޯދުމުގެ ޝައުގުވެރިކަން ވެސް މިހާރު އަންނަނީ ބޮޑުވަމުންނެވެ. އެތަނުގައި މިހާރު ހަމަޖައްސާފައި އޮންނަ އުސޫލުގެ ދަށުން އަލަށް ދަރިއަކު ލިބޭ އާއިލާއަކަށް 100،000 ޔެން (879 ޑޮލަރު) ދެ އެވެ. ދެ ކުދިން ހޯދާ ނަމަ އެ އާއިލާއަކަށް 150،000 ޔެން (1،335 ޑޮލަރު) ދެ އެވެ. ގިނަވެގެން ފަސް ދަރިން ހަމަކުރާ އާއިލާއަކަށް 400،000 ޔެން (3،518 ޔެން) ދެ އެވެ.

މީގެ އިތުރުން ކުދިންގެ ބޯހިޔާވަހިކަމުގެ ފުރުސަތު ދަރިން ހޯދާ އާއިލާތަކަށް ފަސޭހަ އިން ފޯރުކޮށް ދިނުމާއި ހި،ލޭ ވެކްސިނާއި ދަރިންގެ ނާސަރީ ތައުލީމަށް ކުރާ ހަރަދު ވެސް ހަމަޖައްސައި ދެ އެވެ.

ނާގީގެ އޮފިޝަލުން ބުނާ ގޮތުގައި 2004 ގައި މިފަދަ ސަބްސިޑީތަކެއް އާއިލާތަކަށް ފޯރުކޮށް ދޭން ފެށުމުގެ ނަޖީތާއަކީ އެ އަވަށުގެ އާބާދީ ވެސް މަޑުމަޑުން އިތުރުވަމުން ގޮސް، އަވަށުގެ އުފެއްދުންތެރިކަން ވެސް ކުރިއަރަން ފެށުމެވެ.

މިހާރު ނާގީގެ ގިނަ އާއިލާތަކަކީ ތިނެއް ނުވަތަ ހަތަރު ކުދިން ތިބި އާއިލާތަކެވެ.

ކަޓްސުނޯރީ ބުނި ގޮތުގައި ނާގީ އަށް ދިރިއުޅުން ބަދަލު ކުރެވުމަކީ އޭނާގެ ހަޔާތުގައި ނިންމުނު އެންމެ ރަނގަޅު ނިންމުމެވެ.

"މިހާރު ވަރަށް ހަމަޖެހިގެން ވަރަށް އުފާވެރިކޮށް އަހަރެމެން މި އުޅެނީ،" އޭނާ ބުންޏެވެ.