ލަވަކިޔުންތެރިޔާ އަޝާގެ ކައިވެނި ރޫޅާލަން ކޯޓަށް
ލަވަކިޔުންތެރިޔާ އަޝާގެ ކައިވެނި ރޫޅާލަން ކޯޓަށް

މިދިޔަ މާޗް މަހުން ފެށިގެން، އަނބިމީހާ ގްރޭސް މިގްއެލްއާ ވަކިން އުޅެމުން އަންނަ އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަޝާ ކައިވެނި ރަސްމީކޮށް ރޫޅައިލަން ހުކުރު ދުވަހު ޖޯޖިއާގެ ކޯޓަށް މައްސަލަ ހުށަހަޅައިފި އެވެ.

އެކުގައި 10 އަހަރު ވަންދެން އުޅެފައި ކައިވެނި ރޫޅައިލަން ނިންމިކަން އިއުލާންކޮށް މާޗްގައި ދެ މީހުން ގުޅިގެން ނެރުނު ބަޔާނެއްގައި ބުނީ ވަކިވި ނަމަވެސް ދެ މީހުން ރައްޓެހިންގެ ގޮތުގައި ތިބޭނެ ކަމަށެވެެ.

އަދި ވަކިވާން ނިންމީ ދެ މީހުން ވެސް އަމިއްލަ އަށް ބޭނުންވެގެން ކަމަށް ފާހަގަކޮށްފައިވީ ނަމަވެސް، ކައިވެނި ރޫޅައިލަން ނިންމި ސީދާ ސަބަބެއް ބުނެފައެއް ނުވެ އެވެ.

އަޝާ، 40، އާއި ގްރޭސް، 49، ކައިވެނި ކުރީ 2015 ގަ އެވެ. މިއީ އަޝާ ގެ ދެވަނަ ކައިވެންޏެވެ. އޭނާ އެމެރިކާ ސްޓައިލިސްޓް ޓަމޭކާ ފޮސްޓާއާ 2007 ގައި ކުރި ކައިވެނި ރޫޅުނީ 2009 ގަ އެވެ. އެ ކައިވެންޏަށް އަޝާ އަށް ދެ ކުދިން ލިބިފައިވެ އެވެ.