އަނިޔާވެފައި ހުރި މީހެއްގެ ގައިން ލޭ އަންނާތީ ޓެކްސީތަކަށް އަރުވަން ދެކޮޅު ހަދައިފި
އަނިޔާވެފައި ހުރި މީހެއްގެ ގައިން ލޭ އަންނާތީ ޓެކްސީތަކަށް އަރުވަން ދެކޮޅު ހަދައިފި

އަނިޔާވެފައި ހުރި ބިދޭސީއެއްގެ ގައިން ލޭ އަންނާތީ އޭނާ ހޮސްޕިޓަލަށް ގެންދިޔުމަށް ބައެއް ޓެކްސީތަކުން ދެކޮޅު ހަދައިފި އެވެ.

މީހަކު ޓުވިޓާގައި ލިޔެފައި އޮތީ ބިދޭސީއެއްގެ އަތާއި އަތްތިލަ ވަރަށް ބޮޑަށް ކަނޑައިގެން ގޮސް ހޮސްޕިޓަލަށް ދިޔުމަށް ބައެއް ޓެކްސީ މަގުމަތިން ހުއްޓުވި ކަމަށެވެ.

ނަމަވެސް އާރްސީސީގެ ކޮންސްޓްރަކްޝަން ސައިޓެއް ކައިރީ އަނިޔާވެފައި ހުރި އެ މީހާ ޓެކްސީ އަށް ނާރުވާ ދެ ތިން ކާރެއް ދިޔަ ކަމަށް ޓުވިޓާގައި އޭނާ ލިޔެފައިވެ އެވެ.

ބިދޭސީ މީހާ ޓެކްސީ އަށް އެރުވީ ފަހަތުގައި ކަސްޓަމަރެއް ވެސް އިން ކާރެއް ކަމަށް ޓުވިޓާގައި އޭނާ ލިޔެފައިވެއެވެ. އަދި އަނިޔާވެފައި ހުރި މީހާ އާއި އޭނާގެ އެހީތެރިންނަށް ޖާގަ ދިނުމަށް ކަސްޓަމަރު ކާރުގެ ކުރީ ސީޓަށް ބަދަލުވި ކަމަށް ވެސް ބުނެފައިވެ އެވެ.

ޒަހަމްވެފައި ތިބޭ މީހުން ޓެކްސީތަކަށް އެރުވުމަށް ދެކޮޅު ހެދި މައްސަލަތަކެއް މީގެ ކުރިން ވެސް ކުރިމަތިވެފައި ވެ އެވެ.