ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަކަށް ޝަމީމް އައްޔަންކޮށްފި
ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަކަށް ޝަމީމް އައްޔަންކޮށްފި

ދައުލަތުގެ މީޑިއާ ހިންގާ ކުންފުނި ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަކަށް މުހައްމަދު ޝަމީމް މިއަދު އައްޔަންކޮށްފި އެވެ.

ޕްރައިވެޓައިޒޭޝަން ބޯޑުން ކޮށްފައިވާ ޓްވީޓެއްގައި ވަނީ ޝަމީމް އެ މަގާމަށް އައްޔަން ކޮށްފައިވަނީ އެގްޒެކެޓިވް ބޯޑު މެމްބަރެއްގެ ފެންވަރުގައި ކަމަށެވެ.

ޝަމީމަކީ ދައުލަތުގެ މީޑިއާގައި ކުރިން މަސައްކަތް ކުރެއްވި ބޭފުޅެކެވެ.

ޝަމީމް އެ މަގާމަށް އައްޔަން ކުރިއިރު، ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރަކަށް އަލީ ޚާލިދު ވަނީ މި ހަފުތާގައި އައްޔަންކޮށްފަ އެވެ.