ޑިސެމްބަރު 31 އާއި ޖެނުއަރީ 1 ގައި ބީއެމްއެލް ބަންދުވާނެ
ޑިސެމްބަރު 31 އާއި ޖެނުއަރީ 1 ގައި ބީއެމްއެލް ބަންދުވާނެ

ޑިސެމްބަރު 31 އާއި ޖެނުއަރީ 1 ގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ބަންދުވާނެކަން ކަމަށް ބޭންކުން މިއަދު ބުނެފި އެވެ.

ބީއެމްއެލްގެ ބަޔާނުގައި ބުނީ އަންނަ ހޯމަ ދުވަހުން ފެށިގެން އަންގާރަ ދުވަހަށް ބެންކްގެ ހުރިހާ ބްރާންޗެއް ވެސް ބަންދުވާނެ ކަމަށެވެ.

ނަމަވެސް ސެލްފް ސާވިސް އެޓީއެމްތަކާއި، އެ ބޭންކްގެ ކޮންޓެކްޓް ސެންޓަރަށް (3330200) ގުޅައިގެން އެހީތެރިކަން ހޯދޭނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ. އަދި ބޭންކްގެ ފޭސްބުކާއި ޓުވިޓާ މެދުވެރިކޮށް މެސެޖުން ވެސް މައުލޫމާތު ލިބޭނެ ކަމަށް ބުންޏެވެ.

ކޮންމެ އަހަރަކު ވެސް އަހަރު ނިމުމާ ދިމާކޮށް ކުރަންޖެހޭ ބައެއް މަސައްކަތްތަކަށް ބޭންކު ބަންދުކުރެ އެވެ.

އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ކޯޕަރޭޓްތަކަށް ރާއްޖޭގައި އެންމެ ފުޅާކޮށް މާލީ ހިދުމަތް ފޯރުކޮށްދޭ ބީއެމްއެލްއަކީ ރާއްޖޭގެ އެންމެ ބޮޑު ބޭންކެވެ. ރާއްޖޭގައި ފުރަތަމަ ފަހަރަށް ޑިޖިޓަލް ބޭންކިން ހިދުމަތް ދޭން ފެށީ ވެސް ޓެކްނޮލްޖީ އަށް މުހިންމު އިސްކަމެއް ދޭ ބީއެމްއެލް އިންނެވެ.