ފިޓްޒޯން: ހުރިހާ އުމުރުފުރައަކަށް ވެސް ހާއްސަ ޖިމެއް!
ފިޓްޒޯން: ހުރިހާ އުމުރުފުރައަކަށް ވެސް ހާއްސަ ޖިމެއް!

އާންމުންގެ މެދުގައި މަގްބޫލުކަން ހޯދާފައިވާ ފިޓްޒޯނަކީ ހުޅުމާލޭގައި އެންމެ ފުރަތަމަ ހުޅުވި "ޔުނިސެކްސް" ޖިމެވެ. އާދައިގެ ގޮތަކަށް ޑިސެމްބަރު 10، 2014 ގައި ފިޓްޒޯނަ ހުޅުވި ނަމަވެސް، ވަސީލަތްތަކުގެ ގޮތުން ބެލިޔަސް މިހާރު އެހީ ތަނަވަސް ޖިމެކެވެ.

ފިޓްޒޯން: ހުރިހާ އުމުރުފުރައަކަށް ވެސް ހާއްސަ ޖިމެއް!
ފިޓްޒޯން: ހުރިހާ އުމުރުފުރައަކަށް ވެސް ހާއްސަ ޖިމެއް!

ފިޓްޒޯނުގައި ޖިމެއްގެ އިތުރުން ފިޓްނަސްއަށް ބޭނުންވާ އެކި ކްލާސްތައް ވެސް ކުރިއަށް ގެންދެ އެވެ.

ފިޓްޒޯން: ހުރިހާ އުމުރުފުރައަކަށް ވެސް ހާއްސަ ޖިމެއް!
ފިޓްޒޯން: ހުރިހާ އުމުރުފުރައަކަށް ވެސް ހާއްސަ ޖިމެއް!

1. ޒުމްބާ
2. ސްޓްރޯންގް ބައި ޒުމްބާ
3. ސްޓީލް ކޮމްބެޓް
4. ސްޓީލް ޓްރެއިނިން
5. ސްޓީލް ޓޮނިކް

ފިޓްޒޯން: ހުރިހާ އުމުރުފުރައަކަށް ވެސް ހާއްސަ ޖިމެއް!
ފިޓްޒޯން: ހުރިހާ އުމުރުފުރައަކަށް ވެސް ހާއްސަ ޖިމެއް!

ކްލާސްތަކުގެ ތެރެއިން ޒުމްބާ ކްލާސްތައް ހާއްސަކޮށްފައި ވަނީ އަންހެނުންނަށެވެ. މީގެ އިތުރުން ޖިމް ބޭނުން ކުރުމުގައި އަންހެނުންނަށް ހާއްސަ ވަގުތުތަކެއް ވެސް ފިޓްޒޯނުން ވަނީ ކަނޑައަޅާފަ އެވެ. އެގޮތުން މެންދުރު 2:00 އާއި 4:00 އަށް ޖިމްގެ ބޭނުންނަށް އަންހެނުންނަށް ކުރެވޭ އިރު ރޭގަނޑު 9:30 އިން 11 އަށް ވެސް ހާއްސަކޮށްފައި ވަނީ އަންހެނުންނަށެވެ. މީގެއިތުރުން ފިޓްމިކްސް ކްލާސްތަކެއް ވެސް އަންނަނީ ހިންގަމުންނެވެ. މި ކްލާސްތައް ކުރިއަށް ގެންދަނީ ހިލެ އެވެ.

ފިޓްޒޯން: ހުރިހާ އުމުރުފުރައަކަށް ވެސް ހާއްސަ ޖިމެއް!
ފިޓްޒޯން: ހުރިހާ އުމުރުފުރައަކަށް ވެސް ހާއްސަ ޖިމެއް!

ކްލާސްތައް ކުރިއަށް ގެންދަނީ ހޯމަ ދުވަހާއި ބުދަ ދުވަހުގެ ހަވީރު 6:30-7:30 އަށެވެ.

ފިޓްޒޯނުގެ މެނޭޖިން ޑިރެކްޓަ އަހުމަދު ރިޔާޒް ވިދާޅުވީ ހުޅުމާލޭގައި ފިޓްޒޯނު ހުޅުވަން ނިންމީ، އޭރު ހުޅުމާލޭގައި ޖިމެއް ނެތުމުން ކަމަށެވެ. އޭރު ހުޅުމާލޭން ޖިމަކަށް ދާން ބޭނުންވާ މީހުން ކަނޑު ހުރަސްކޮށްފައި މާލެއަށް އަންނަން ޖެހުނު އިރު އެކަމަށް ލުޔެއް ހޯދައިދޭން ހުޅުވި ޖިމްގެ ނަތީޖާ ވަރަށް ރަނގަޅު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޖިމަށް ހަތަރު އަހަރު ވީ އިރު ބްރިޖާ އެކީ މާލެ އިން އެތަނަށް އަންނަ މީހުން ވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެ އެވެ.

"އަޅުގަނޑުމެން ޖިމްގެ 30 ޕަސެންޓަކީ މާލެއިން ޖިމަށް އަންނަ ފަރާތްތައް. ވަރަށް ބޮޑު ތަރުހީބެއް ލިބޭ އާންމުންގެ ފަރާތުން ކްލާސްތަކަށް ވެސް،" ރިޔާޒް ވިދާޅުވި އެވެ.

ޖިމެއް ހިންގުމުގައި ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ދުޅަހެޔޮ ސިއްހަތަށާއި ކަސްރަތު ކުރުމަށް އޮންނަން ޖެހޭ ހޭލުންތެރިކަން އަދިވެސް ކުޑަވުން ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ. އެހެންކަމުން ރިޔާޒު ނިންމައިގެން މިހާރު ހުންނެވީ ކުރިއަށް އޮތް ތަނުގައި ރަށްރަށުގައި ވެސް އާންމުން ހޭލުންތެރިކުރަން ގިނަ ޕްރޮގްރާމުތައް ކުރިއަށްގެންދާ ގޮތަށެވެ. އެގޮތުން ރަށްރަށަށް ދަތުރުކުރައްވަން ވެސް ހުންނެވީ ނިންމައިގެންނެވެ.

"އާންމު ގޮތެއްގައި ކަސްރަތަށް އަންނާނީ އެއް މަހުން ނަތީޖާ ނެރެން ބޭނުންވާ ފަރާތްތައް. އަސްލު ކަސްރަތަކީ ރެގިއުލާކޮށް ކުރަން ޖެހޭނެ ކަމެއް. ކަސްރަތު ކުރުން ދިރިއުޅުމުގެ ތެރެއަށް ވެއްދުމަށްޓަކައި ފިޓްޒޯނުން އިސްނަގައިގެން ވެސް ހޭލުންތެރި ކުރުމުގެ ތަފާތު ޕްރޮގްރާމުތައް ކުރިއަށް ގެންދަން،" ރިޔާޒް ވިދާޅުވި އެވެ.

ފިޓްޒޯނުން މިހާރު އަންނަނީ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރް)ގެ ދަށުން ކަސްރަތަށް މުޖުތަމައު ހޭލުންތެރިކުރަން ތަފާތު ޕްރޮގްރާމުތައް ވެސް ހިންގަމުންނެވެ. އެގޮތުން ރާއްޖެޓީވީއާ ގުޅިގެން ހިންގާ "ސައްތަކިލޯ" ޕްރޮގްރާމާއި ބޫޓް ކޭމްޕްތަކުގެ އިތުރުން "މިސްޓަ ފިޓްޒޯން" ގެ ނަމުގައި ބޮޑީ ބިލްޑިން މުބާރާތްތެއް ވެސް ވަނީ ފަށައިފަ އެވެ. މި އަހަރު އަލަށް ފެށި މި މުބާރާތް 2019 ގައި ވެސް އޮންނާނެ ކަމަށް ފިޓްޒޯނުން ބުނެ އެވެ.

ފިޓްޒޯނުން ކްލާސްތަކާއި ޖިމެއް ހިންގާ އިރު ދެ ފަންގިފިލާ ހާއްސަކޮށްފައިވަނީ ޖިމަށެވެ. ޖިމުގައި ބޭނުން ކުރަނީ ހުރިހާ އުމުރުފުރައެއްގެ މީހުންނަށް ވެސް ފަސޭހައިން ބޭނުން ކުރެވޭނެ ފަދަ އިކުއިޕްމެންޓެވެ.
ފިޓްޒޯނުގެ ހަތަރު ވަނަ އަހަރީ ދުވަހާ ދިމާކޮށް ހާއްސަ ޕެކޭޖުތަކެއް ވެސް މިހާރު ވަނީ ތައާރަފްކޮށްފަ އެވެ.

1. އަންލިމިޓެޑް ޖިމް: 888ރ.
2. އަންލިމިޓެޑް ކްލާސްތައް: 888ރ.
3. އަންލިމިޓެޑް ކްލާސްތަކާއި ޖިމް: 999ރ.

މި ޕްރޮމޯޝަން ޖެނުއަރީ 25 ގެ ނިޔަލަށް ކުރިއަށްދާނެ ކަމަށް ފިޓްޒޯނުން ބުނެ އެވެ.

ފިޓްޒޯނުން އަންނަނީ ޕާސަނަލް ޓްރެއިނަރުންގެ ހިދުމަތް ވެސް ދެމުންނެވެ. އެގޮތުން ޕާސަނަލް ޓްރެއިނަރުންގެ އަގުތައް އުޅެނީ 2،000ރ. އާއި 3،000ރ. އާ ދެމެދުގަ އެވެ.

ފިޓްޒޯނުން ކުޑަކުދިންނަށް އަމާޒުކޮށްގެން ޖިމްނާސްޓިކް ކްލާސްތަކެއް ވެސް އަންނަނީ ބާއްވަމުންނެވެ. މިއީ އެ ޖިމްގެ ވަރަށް ހާއްސަ ސިފައެކެވެ. މި ކްލާސްތައް ކުރިއަށް ގެންދަނީ ފަސް އަހަރާއި 12 އަހަރާ ދެމެދުގެ ކުދިންނަށެވެ. މި ކްލާސްތަކަށް މިހާރު ވަރަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް ވެސް ރިޔާޒު ވިދާޅުވި އެވެ.

ފަތިހު 05:00 އިން ފެށިގެން ރޭގަނޑު 11:00 އަށް ހުޅުވާފައި ހުންނަ ޖިމްގައި 17 ޓްރެއިނަރުން ހަރަކާތްތެރިވެ އެވެ.