އިންޑަސްޓްރިއަލް ޒޯން ކުންފުނީގެ އެމްޑީއަކަށް މާމިގިލީ އިބޫ
އިންޑަސްޓްރިއަލް ޒޯން ކުންފުނީގެ އެމްޑީއަކަށް މާމިގިލީ އިބޫ

ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް (ޖީއެމްއައިޒެޑް) ގެ މެނޭޖިން ޑިރެކްޓަރަކަށް އިބްރާހިމް ރަޝީދު (މާމިގިލީ އިބޫ) މިއަދު ހަމަޖައްސައިފި އެވެ.

ޖީއެމްއައިޒެޑް އަކީ، ގުޅީފަޅު، އިންވެސްޓްމަންޓް ލިމިޓެޑް (ޖީއައިއެލް) އާއި ތިލަފުށި ކޯޕަރޭޝަން ލިމިޓެޑް އެއްކޮށްލައިގެން ހެދި ކުންފުންޏެކެވެ. ދެ ކުންފުނިން ވަކިވަކިން ކުރަމުން އައި މަސައްކަތް މިހާރު ކުރާނީ ޖީއެމްއައިޒެޑުންނެވެ. އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް ކުރިން ހުންނެވީ މުހައްމަދު ސައިމަނެވެ.

ނަމަވެސް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގެން، ޖީއެމްއައިޒެޑްގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމުން ސައިމަން ވަނީ ވަކި ކުރައްވައިފަ އެވެ.

އިބޫއަކީ އދ. މާމިގިލީ ދާއިރާގެ އެމްޑީޕީގެ ރައީސް އަދި އެމްޑީޕީގެ ދަތުރުފަތުރާ ބެހޭ ކޮމިޓީގެ ޑެޕިއުޓީ ޗެއާމަނެވެ. އެމްޑީޕީގެ ތިން އަހަރު ދުވަހުގެ ވެރިކަމުގައި އިބޫ ވަނީ މެދު އުތުރު ޕްރޮވިންސްގެ ސްޓޭޓް ސެކްރެޓަރީކަން ވެސް ކުރައްވައިފަ އެވެ.

ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރައްވާ އިބޫ ވަނީ ވިލާ ހޮޓެލްސްގެ މާކެޓިން މެނޭޖަރުކަން ވެސް ކުރައްވައިފަ އެވެ. އޭގެ ކުރިން 1997 ވަނަ އަހަރު އޭނާ ވަނީ ދިރާގުގެ ޓެކްނީޝަނަކަށް އުޅުއްވައިފަ އެވެ.