20 އޯގަސްޓް 2016 - 07:13

އައިފޯނަށް ބޭނުންނުޖެހި "އެޕަލް ވޮޗް 2" މަސައްކަތްކުރާނެ ކަމަށް ހީކޮށްގެން ތިބި ބަޔަކަށް ހިތާމަވެރި ޚަބަރެކެވެ. ދޭދޭ ވާހަކަތަކުން އެނގޭ ގޮތުގައި، އެޕަލް ވޮޗް 2 ޑިޒައިންކޮށްފައި ވަނީ އައިފޯން މެދުވެރިނުކޮށް ފޯނުކުރެވޭ ގޮތަކަށް ނޫނެވެ.
އައިފޯނު މެދުވެރިނުކޮށް ފޯނުކުރުމުގެ ކުޅަދާނަކަން އެޕަލް ވޮޗް 2 އަށް ދިނުމަކީ އެޕަލް އަށް ވެސް ރުހެވޭ ކަމަކަށް ވެދާނެ އެވެ. އެހެެން ނަމަވެސް މޮބައިލް ފޯން އެންޓަނާތަކާ މުއާސަލާތުކުރުމުގެ ގާބިލުކަން އެޕަލް ވޮޗަށް ދީފި ނަމަ، ބެޓެރީ ޗާޖްކޮށްފައި އެހެން ކަމެއް ކުރާނެ ވަގުތު ބޭނުންކުރާ މީހުންނަކަށް ނުލިބޭނެ އެވެ. މޮބައިލް ސެލްތަކާ ވާހަކަދެއްކުމުގެ ކުޅަދާނަކަން އެޕަލް ވޮޗަށް އަދި ދެވެން ނެތީ އެހެންވެ އެވެ.
އެޕަލް އަށް ވަފާތެރިވުމަކީ ކުންފުނިން ނެރޭ ކޮންމެ އާލާތެއް ގަތުމެވެ. އެއިން ކޯލްނުކުރެވޭ ކަމަށް ބުނެ އެޕަލް ވޮޗް ނުގަތުމަކީ ފަވާތެރިންގެ ސިފައެއް ނޫނެވެ. އެޕަލް ވޮޗް 3 ނެރޭނެ ދުވަހަކަށް އިންތިޒާރުކުރުމަކީ ވެސް ސޭކުކަމެކެވެ. އައިފޯން 3 ގައި ވެސް އެ ފީޗާ ނުހުރެދާނެ އެވެ. ސްމާޓް ގަޑިއެއް ހޯދަން އެންމެ ރަނގަޅު ދުވަސްތައް ބޯމަތިވަނީ އެވެ.
އޮރިޖިނަލް އެޕަލް ވޮޗަށް ވުރެ އެޕަލް ވޮޗް 2 މާ ބޮޑަށް ވެސް ސްމާޓްވާނެކަން މިހާރު ވެސް ކަށަވަރުވެ އެވެ. ކުރި އަށް ވުރެ ތުންޏެވެ. ލެޑް ޑިސްޕްލޭ އަލީގައެވެ. ބާރުގަދަ ބެޓެރީއެކެވެ. ޖީޕީއެސް ވެސް ވަނީ ހިމަނާފަ އެވެ.
އެޕަލް ވޮޗުން ފޯނު ނުކުރެވޭތީ ނުގަންނަ ތިބި މީހުން ރުއްސުމަށްޓަކައި، ރެކެން އުނދަގޫ ކިތަންމެ ފީޗާއެއް އެޕަލް ވޮޗް 2 ގައި ހިމަނާނެކަން ޔަގީނާ ގާތެވެ. ވަރަށް ގިނަ މީހުން އެހެން ބުނެ އެވެ.