24 ޑިސެމްބަރ 2018 - 17:22

ސިފައިންގެ އިސް ބޭފުޅުންނާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ބައްދަލު ކުރައްވައިފި އެވެ.
މޯލްޑިވްސް ނެޝެނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނިގޮތުގައި ސިފައިންގެ މައި މަރުކަޒަށް މިއަދު ޒިޔާރަތް ކުރައްވައި ރައީސް ވަނީ ސިފައިންގެ ޖެނެރަލް އޮފިސަރުންނާއި ސީނިއަ ވޮރަންޓް އޮފިސަރުންނާއި އެންލިސްޓެޑް ލީޑަރުންނާ ބައްދަލު ކުރައްވައިފަ އެވެ.
އަދި ސިފައިންނާ އެކު މެންދުރުގެ ފަރިއްކޮޅުގައި ވެސް ބައިވެރިވެވަޑައިގަތެވެ.
މިއީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު ސިފައިންގެ މައި މަރުކަޒަށް ކުރެއްވި ފުރަތަމަ ޒިޔާރަތެވެ.