26 ޑިސެމްބަރ 2018 - 08:42

އަވީގައި މާގިނައިރު އުޅޭ ނަމަ ނުވަތަ ނުރައްކާވާ ވަރަށް އަވި ލިބޭ ނަމަ އެކަން އަންގައިދޭ ޕެޗެއް އީޖާދުކޮށްފި އެވެ.
ބެޓެރީއެއް ބޭނުން ނުވާ މި ޕެޗު މަސައްކަތްކުރަނީ އަވިން ލިބޭ ހަކަތައިންނެވެ. ޕެޗުން އަވި މޮނިޓަކޮށް، ހަށިގަނޑަށް ގެއްލުންވާ ވަރު ވާ ނަމަ އެކަން ސްމާޓްފޯނަށް އެލާޓްކުރާނެ އެވެ.
ފެނުގައި ޖެހުނަސް ނުނެއްޓޭ އަދި ހަލާކު ނުވާ މި ޕެޗަކީ އަވީގެ ސަބަބުން ހަންގަނޑު ހަލާކުވެ ކެންސަރު ޖެހުން އިތުރުާ މައްސަލަ ކުޑަކޮށްދޭނެ އެއްޗެއް ކަމަށް މި އުފެއްދި ޓީމުން ބުންޏެވެ.
"އެމެރިކާ އަށް ބަލާއިރު މި ގައުމުގައި މި އޮތީ ހަމުގެ ކެންސަރު އާންމުވެފައި. އެއީ އެކަށީގެންވާ ވަރަށް ވުރެ ބޮޑަށް އަލްޓްރާ ވައިލެޓަށް ހުށަހެޅިގެން،" ޕެޗު އުފެއްދި ދިރާސާ ޓީމުގައި އިސްކޮށް ހުންނެވި ޑރ. ސްޓީވް ޝޫ ވިދާޅުވި އެވެ. އޭނާ އަކީ ނޯތުވެސްޓަން ޔުނިވަސިޓީ ފެއިންބާގް ސްކޫލް އޮފް މެޑިސިންގެ ޑާމިޓޮލޮޖީ އިންސްޓްރަކްޓަރެކެވެ.
ޝޫ ވިދާޅުވީ މި ޕެޗުގެ ބޮޑުމިނަކީ "ޓިކް ޓެކް" ފުކެއް ވަރު ކަމަށެވެ. މިއީ ގަދަކަމުން ހަލާކުކޮށްލުމުން ނޫނީ ހަލާކުވާނެ އެއްޗެއް ނޫން ކަމަށާއި ތަކުރާރުކޮށް ބޭނުންކުރެވޭނެ ވެސް އެއްޗެއް ކަމަށް އޭނާ ވިދާޅުވި އެވެ.