އުރީދޫ ސުޕަނެޓްގެ ހިދުމަތް ގދ. ތިނަދު އަށް ތައާރަފްކޮށްފި
އުރީދޫ ސުޕަނެޓްގެ ހިދުމަތް ގދ. ތިނަދު އަށް ތައާރަފްކޮށްފި

އުރީދޫ ބްރޯޑްބޭންޑްގެ ހަލުވި ސްޕީޑްތަކުގެ ހިދުމަތް ގދ. ތިނަދު އަށް ތައާރަފްކޮށްފި އެވެ.

އިއްޔެ ތިނަދު އަށް ތައާރަފްކުރި ހިދުމަތުގައި ދެ އެމްބީޕީއެސް އިން ފެށިގެން 100 އެމްބީޕީއެސްއާ ދެމެދު ސްޕީޑް ލިބޭ ޕެކޭޖްތައް ހިމެނެ އެވެ.

މި ހިދުމަތް އިފްތިތާހު ކޮށްދެއްވި ރައްސްމިއްޔާތުގެ ޝަރަފްވެރި މެހެމާން، ގދ. ތިނަދޫ ކައުންސިލްގެ ރައީސް އިބްރާހީމް އަސްއަދު ވިދާޅުވީ މުޖުތަމައު އަށް އިގްތިސާދީ އަދި އިޖްތިމާއީ ކުރިއެރުން ގެނައުމުގައި، ހަލުވި ސްޕީޑުގެ ބްރޯޑްބޭންޑް އިންޓަނެޓް މުހިންމު ދައުރެއް އަދާކުރާ ކަމަށެވެ.

އެ ކުންފުނީގެ އެއް އަމާޒަކީ ރާއްޖޭގެ ކޮންމެ ރަށަކަށް ވެސް، އަގުހެޔޮކޮށް ބްރޯޑްބޭންޑް އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދިނުން ކަމަށް ވެސް އުރީދޫން ބުންޏެވެ. އަދި ތިނަދު އަށް އުރީދޫ ސުޕަނެޓް ތައާރަފްކޮށް، ރަށުގެ ރައްޔިިތުންނަށް މި ފުރުސަތު ހުޅުވާލެވިގެން ދިއުމަކީ އެ ކުންފުންޏަށް ލިބޭ ބޮޑު އުފަލެއް ކަމަށް އުރީދޫން ފާހަގަ ކުރި އެވެ.

މުޅި ރާއްޖެ އަށް ހަލުވި ސްޕީޑުގެ ބްރޯޑްބޭންޑް ތައާރަފްކުރުމަށް އުރީދޫން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެ ކުންފުނިން ވަނީ ޑިސެމްބަރު 31، 2018 ގެ ކުރިން ސުޕަނެޓް ހިޔާރު ކުރައްވާ ތިނަދޫގެ ކަސްޓަމަރުންނަށް އެއްވެސް ކަނެކްޝަން ފީއެއް ނުނެގުމަށް ހަމަޖައްސައިފަ އެވެ.

މި ހިދުމަތާއި އެކު، ތިނަދޫގެ ރައްޔިތުންނަށް މާކެޓުގެ އެންމެ ހެޔޮ އަގުތަކުގައި އިންޓަނެޓް ބޭނުންކުރެވޭނެ އެވެ. ސުޕަނެޓްގެ ހިދުމަތް ހޯދުމުގައި ކަސްޓަމަރުންނަށް އިތުރަށް ލުއިފަސޭހަކަމެއް ފޯރުކޮށްދިނުމުގެ ގޮތުން، އުރީދޫ އިން ވަނީ 12 މަހުގެ އިންސްޓޯލްމަންޓް ޕްލޭނަކާއި އެކު ސުޕަރނެޓްގެ ރައުޓަރު ބައްލަވައިގަތުމުގެ ފުރުސަތު ދީފަ އެވެ.