އެއާޕޯޓް ކައިރީ ޑްރޯން އެރުވި މައްސަލާގައި ދެ މީހަކު ހައްޔަރުކޮށްފި
އެއާޕޯޓް ކައިރީ ޑްރޯން އެރުވި މައްސަލާގައި ދެ މީހަކު ހައްޔަރުކޮށްފި

ލަންޑަން (ޑިސެމްބަރު 22) - ލަންޑަންގެ ގެޓްވިކް އެއާޕޯޓް ކައިރީ ޑްރޯން އެރުވި މައްސަލާގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.

އެއާޕޯޓް ކައިރީ ޑްރޯން އެރުވި މައްސަލާގައި ދެ މީހަކު ހައްޔަރުކޮށްފި
އެއާޕޯޓް ކައިރީ ޑްރޯން އެރުވި މައްސަލާގައި ދެ މީހަކު ހައްޔަރުކޮށްފި

ޑްރޯންގެ ބިރާ ހެދި ގެޓްވިކް އެއާޕޯޓް ވަނީ އެއް ދުވަހަށް ބަންދު ކުރަން ޖެހިފަ އެވެ. ކްރިސްމަސްގެ ކުރިން ގިނަ ބަޔަކު ޗުއްޓީ އަށް ދަތުރު ކުރަން ހަމަޖެހިފައިވަނިކޮށް ދިމާވި މި ހާދިސާއާ ގުޅިގެން އެތައް ބަޔަކު އެއާޕޯޓުގައި ތާށިވާން ޖެހުނެވެ.

ފުލުހުންނާއި މިލިޓަރީ ތަޖްރިބާކާރުން ވަނީ ޑްރޯން އޮޕަރޭޓް ކުރި ބަޔަކު ހޯދަން ވަރަށް މަސައްކަތް ކޮށްފަ އެވެ. ޑްރޯން އޮޕަރޭޓަރުން ހޯދަން ބޭނުން ކުރި އެކައްޗަކީ އިޒްރޭލުގައި އުފައްދާފައިވާ ޑްރޯން ޑޯމް ސިސްޓަމެވެ. ފުލުހުން ބުނީ ހައްޔަރުކޮށްފައި ވަނީ 47 އަހަރުގެ ފިރިހެނަކާއި 54 އަހަރުގެ އަންހެނެއް ކަމަށެވެ.

ސެންޓްރަލް ލަންޑަނުގެ ދެކުނުން 50 ކިލޯ މީޓަރު ދުރުގައި އޮންނަ ގެޓްވިކަކީ ޔޫރަޕުގައި އަށް ވަނަ އަށް އެންމެ ބިޒީ އެއާޕޯޓެވެ.

އިނގިރޭސި ވިލާތުގައި ދެ ވަނަ އަށް އެންމެ ބިޒީ އެއާޕޯޓް ހުއްޓުމަކަށް ގެނައުމުން 140،000 ޕަސިންޖަރުންނަށް ވަނީ އެކަމުގެ އަސަރުކޮށްފަ އެވެ.

އެއާޕޯޓް ހިމެނޭ ސަރަހައްދުން ޑްރޯން ފެންނަން ފަށާފައި ވަނީ ބުދަ ދުވަހުގެ އެވެ. އެހެންވެ ފްލައިޓް ދަތުރުތައް ވަނީ ހުއްޓާލަން ޖެހިފަ އެވެ. ފްލައިޓްތައް ހުއްޓާލަން ޖެހުމުން އެތައް ހާސް ބަޔަކު ވަނީ އެއާޕޯޓުގައި ތާށިވެފަ އެވެ.