ދުބާއީ އެއާޕޯޓުގެ އެއް ބިލިއަން ވަނަ ޕަސިންޖަރަށް ކުޑަ ކުއްޖެއް
ދުބާއީ އެއާޕޯޓުގެ އެއް ބިލިއަން ވަނަ ޕަސިންޖަރަށް ކުޑަ ކުއްޖެއް

ދުބާއީ (ޑިސެމްބަރު 22) - ދުނިޔޭގެ އެންމެ ބިޒީ އެއާޕޯޓްތަކުގެ ތެރޭގައި ހިމެނޭ ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓުގެ އެއް ބިލިއަން ވަނަ ޕަސިންޖަރަށް ނުވަ އަހަރުގެ ކުޑަ ކުއްޖަކު ވެއްޖެ އެވެ.

"އަޅުގަނޑުމެން މިވަނީ އާ މަރުހަލާއެއް ކަޑައްތުކޮށްފައި،" ދުބާއީގެ ވެރިޔާ ޝެއިޚް މުހައްމަދު ބިން ރާޝިދު އަލް މަޚްތޫމް ކުރެއްވި ޓްވީޓެއްގައިވެ އެވެ.

ދުބާއީ އެއާޕޯޓުގެ އެއް ބިލިއަން ވަނަ ޕަސިންޖަރު ދަތުރުކޮށްފައި ވަނީ އެމެރިކާގެ ފްލޮރިޑާ އިންނެވެ. ނުވަ އަހަރުގެ ކުއްޖާ އާއި އޭނާގެ އާއިލާ އަށް އެއާޕޯޓުން މަރުހަބާ ކިޔާފައި ވަނީ ދުބާއީ އެއާޕޯޓުގެ ޗެއާމަނެވެ.

ނަވާރަ ސަތޭކަ ފަސްދޮޅަސް ވަނަ އަހަރު ހުޅުވި އެއާޕޯޓަށް 500 މިލިއަން ވަނަ ޕަސިންޖަރު ހަމަކުރެވިފައި ވަނީ 2011 ވަނަ އަހަރު އެވެ. މި އަހަރުގެ ފުރަތަމަ 10 ދުވަސް ދުވަހު ތެރޭ ދުބާއީ އެއާޕޯޓް ވަނީ 74.5 މިލިއަން ޕަސިންޖަރުން ބޭނުންކޮށްފަ އެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތަށް ވުރެ 1.5 ޕަސެންޓް އިތުރު އަދަދެކެވެ.

ދުނިޔޭގެ އެންމެ ބިޒީ އެއާޕޯޓަކީ އެމެރިކާގެ ހާޓްސްފީލްޑް-ޖެކްސަން އެޓްލާންޓާ އިންޓަނޭޝަނަލް އެއާޕޯޓެވެ. ދެ ވަނަ އަށް ބެއިޖިން ކެޕިޓަލް އިންޓަނޭޝަނަލް އެއާޕޯޓް އަދި ތިން ވަނަ އަށް ދުބާއީ އެއާޕޯޓެވެ. ނަމަވެސް 2020 ވަނަ އަހަރާ ހަމައަށް ދާއިރު ދުނިޔޭގެ އެންމެ ބިޒީ އެއާޕޯޓަށް ދުބާއީ އެއާޕޯޓް ވާނެ ކަމަށް ދުބާއީ އިން އުއްމީދު ކުރެ އެވެ.