ބޮޑު މަރާމާތަކަށް ފަހު ކޮންރެޑް ރަންގަލީގެ ބީޗްވިލާ ހުޅުވައިފި
ބޮޑު މަރާމާތަކަށް ފަހު ކޮންރެޑް ރަންގަލީގެ ބީޗްވިލާ ހުޅުވައިފި

ކޮންރެޑް މޯލްޑިވްސް ރަންގަލި ރިސޯޓުގެ ޑިއުލެކްސް ބީޗް ވިލާތައް ބޮޑު މަރާމާތަކަށްފަހު އަލުން ހުޅުވައިފި އެވެ.

ބޮޑު މަރާމާތަކަށް ފަހު ކޮންރެޑް ރަންގަލީގެ ބީޗްވިލާ ހުޅުވައިފި
ބޮޑު މަރާމާތަކަށް ފަހު ކޮންރެޑް ރަންގަލީގެ ބީޗްވިލާ ހުޅުވައިފި

ގިނަ އެވޯޑްތަކެއް ލިބިފައިވާ 42 ބީޗްވިލާ މަރާމާތުކުރީ އެ ރިސޯޓުގައި އަލަށް ހުޅުވި ކަނޑުއަޑީ ވިލާ، "ދަ މުރަކަ" ފަރުމާކުރި ޔޫޖީ ޔަމަޒާކީ އެވެ.

ކޮންރެޑް މޯލްޑިވްސް ރަންގަލި ރިސޯޓަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ މެދުގައި އެންމެ މަގުބޫލު އެއްތަން ކަމަށްވާ އެތަނުގެ ޑިއުލަކްސް ބީޗް ވިލާ އަލުން މަރާމާތު ކުރުމަށް 8.3 މިލިއަން ޑޮލަރު (128 މިލިއަން ރުފިޔާ) ހޭދަކޮށްފައިވެ އެވެ.

އެ ވިލާތައް ފަރުމާކޮށްފައިވަނީ ޖަޕާނުގެ މަޝްހޫރު ބަގީޗާތައް އަސްލަކަށް ބަލައިގެން ގަހާއި މާތަކުގެ ތެރޭގަ އެވެ. އެ ރިސޯޓުން ބުނިގޮތުގައި އެ ވިލާތައް ފަރުމާ ކޮށްފައިވަނީ ޓޫރިސްޓުންނަށް ޕްރައިވަސީ ދިނުމަށް، އެއްވިލާ އަނެއްވިލާ ދުރުދުރުގައި ހުންނަ ގޮތަށެވެ.

ކޮންރެޑް މޯލްޑިވްސް ރަންގަލި ރިސޯޓަކީ އދ. ރަންގަލިފިނޮޅުގައި ހިލްޓަނުން ތަރައްގީކޮށް، ހިންގަމުން އަންނަ މަތީ ފެންވަރުގެ ރިސޯޓެކެވެ. އެ ރިސޯޓުގައި 150 ވިލާ އާއި 12 ރެސްޓޯރަންޓް، ދެ ސްޕާވެސް ހިމެނެ އެވެ.