19 ޑިސެމްބަރ 2018 - 14:49

ރައީސް: މި އެއްބަސްވުމުންތަކުގައި ވިސާގެ އެއްބަސްވުން ފިޔަވައި އެހެން އެއްވެސް އެއްބަސްވުމެއްގައި އިންޑިޔާ އަށް ރާއްޖެއިން ކޮށްދޭން ޖެހޭ ކަމެއް ނޯންނާނެ.
ރައީސް: އިންޑިޔާއިން ދޭ 1.4 ބިލިއަން ޑޮލަރުގެ ތެރެއިން 50 މިލިއަން ޑޮލަރު މި މަހުގެ ތެރޭގައި ލިބޭނެ. މީގެ ތެރޭގައި ހިމެނޭ 800 މިލިއަން ޑޮލަރެއް ވެސް. އަޅުގަނޑުމެން އެ ފައިސާ ނަގާނީ ބަޖެޓަށް ބުރަ ނުވާ ގޮތަށް ބޭނުން ވެއްޖެ ހާލަތެއްގައި. އަޅުގަނޑު ހިތުން އެ ފައިސާ އަކީ ލޯނުތައް ވެސް ދެއްކުމަށް ބޭނުން ކުރެވިދާނެ ފައިސާ. ދެން އޮތް މައްސަލައަކީ ދައުލަތުގެ އާމްދަނީ އިތުރުކުރުން. އަޅުގަނޑުމެން މި ދައްކަނީ ބައިވަރު ރަށްތަކެއް ހަދަމުން ދާ ވާހަކަ. އަޅުގަނޑުމެން މި ބަލަނީ މި ރަށްތައް މާކެޓަށް ނެރެން.
ރައީސް: އެއްވެސް ގައުމަކާ އެކު އަސްކަރީ ބޭނުމަކަށް އެއްވެސް ކަމެއް ކޮށްފައެއް ނޯންނާނެ. އެކަމަކު ކުރީ ސަރުކާރުތަކުގެ ބައެއް އެގްރީމެންޓްތަކުގެ ތަފުސީލެއް އަދި ނޭނގެ. ރައީސް ޔާމީންގެ ސަރުކާރުން ޗައިނާ އާ އެކު ކޮށްފައި އޮތް ބޮޑު އެއްބަސްވުން. އެ އެއްބަސްވުން އަޅުގަނޑުމެން މި ހޯދަނީ. އެކަމަކު އަޅުގަނޑަކަށް ހިޔެއް ނުވޭ އެ ސަރުކާރުން ވެސް ރާއްޖޭގެ ސަލާމަތަށް ނުރައްކާވާ ވަރުގެ ކަމަކަށް އެއްބަސްވެފައި އޮންނާނެ ކަމަކަށް.
ރައީސް: ޗައިނާއިން ނަގާފައިވާ ލޯނު އެބައުޅޭ 1.4 ބިލިއަން ޑޮލަރުގެ ލޯނު. އޭގެ ތެރޭގައި އެބައުޅޭ ކޮންސެޝަން ލޯނު ވެސް. އަޅުގަނޑުމެން އެ ލޯނުތަކުގެ މައްސަލައިގައި ޗައިނާއާ ވާހަކަ ދައްކަމުން އެބަ ގެންދަން. އެބޭފުޅުން ތިއްބެވީ ފަހި ގޮތްތަކެއް ހޯދައިދޭން. އިންޑިޔާ އިން ދޭ ފައިސާގެ އެއްވެސް އެއްޗެއް އެ ލޯނުތައް ދެއްކުމަށް ބޭނުން ކުރާކަށް ހަމަޖެހިފައެއް ނެތް.
ރައީސް: ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިގެން މިދިޔައީ. އަޅުގަނޑުމެންނަށް މި އެއްބަސްވުމުގެ ސަބަބުން ކުރިއަށް އޮތް ހަތަރު ފަސް މަސް ދުވަހުގެ ތެރޭގައި ހަމަޖެހިލެވޭނެ.
ރައީސް: 100 ދުވަހުގެ ތެރޭގައި މި ސަރުކާރުން ކުރަން ހުރި އެޖެންޑާގަިއ ހިމެނޭ 161 ކަންތައް އެ ގޮތުގައި ކުރިއަށް ދާނެ.
ރައިސް: ރާއްޖޭގެ މިނިވަން ކަމާއި އިގްތިގްލާލަށް ގެއްލުން ލިބޭނެ ހަމަ އެއްވެސް ކަމެއް މި ސަރުކާރަކުން ނުކުރާނެ. އިންޑިޔާ އަކީ އަޅުގަނޑުމެން އޮތް ގޮތުން ވަރަށް މުހިންމު ގާތް ގުޅުމެއް.
ރައީސް: ރާއްޖޭގެ އެކި ސިނާއަތްތަކަށް މި ދަތުރުގެ ސަބަބުން ކުރިއެރުން ލިބިއްޖެ. މި ދަތުރުގައި ރާއްޖޭގެ ސިޔާދަތަށް ގެއްލުން ވާނެ ހަމަ އެއްވެސް އެއްބަސްވުމެއް ނޯންނާނެ.
އިންޑިޔާއިން ރާއްޖެ އަށް ދޭ 1.4 ބިލިއަން ޑޮލަރުގެ އެހީއަކީ، ގައުމު އިތުރަށް ދަރަނިވެރިވާނެ އެއްޗެއް ނޫން ކަމަށް ރައީސް އިބްރާހިމް މުހަންމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ދައުވަތަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު އިއްޔެ ރާއްޖެ ވަޑައިގެން ނޫސްވެރިންނާ ބައްދަލުކުރައްވަމުން އެމަނިކުފާނު މިއަދު ވިދާޅުވީ އެއީ އެއްފަހަރާ ނަގާނެ ފައިސާއެއް ނޫން ކަމަށެވެ.
(އިތުރު ތަފުސީލު އަންނަނީ)